ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން
ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކޮށް ވޭސްޓް މެނޭޖްމެންޓު ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިއަދު ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަދި ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި ސެންޓަރުގެ މަސައްކަތް ނިމޭއިރު ދުވާފަރަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދުވާފަރު ސިއްހީ މަރުކަޒުވެ އައު އިމާރާތާއި، ދުވާފަރުގައު ގާއިމްކުރި ފިއުލް ސްކިޑް ހުޅުއްވައިދެއްވާފައެެވެ. އަދި ދުވާފަރުގެ އައު ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތާއި، އެރަށުގައު އާރްޓީއެލް ބަހުގެ ހިދުމަތްވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފަށާފައެެވެ.

ހަމައެއާައެކު ދުވާފަރުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމް ކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާ ދެއްވުމުގެ އިތުރުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާތާ ގުޅިގެން މިރޭ ދުވާފަރުގައި ބާއްވާ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް