200 މަސް ދޯނީގައި ފެން ފިނިކުރާ ނިޒާމް ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ފަށައިފިއެެވެ.
ފިޝަރީޒް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ލޯނު އުސޫލުން 200 މަސް ދޯނީގައި ފެން ފިނިކުރާ ނިޒާމް ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގުރާމް ކުރިއަށް ގެންދާނެ ގޮތާއި އެކަމަށް އެދި ހުށައެޅުމާބެހޭ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
އެ ޕްރޮގުރާމް ފެށީ މަސްވެރިން ބާނާ މަސް ތާޒަކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ހިންގުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް ބޭންކް (އައިއެސްޑީބީ) އާއެކު ދިވެހި ސަރުކާރުން މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ޕްރޮގުރާމްގެ ދަށުން މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމާއި މަސްދޯނިތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ހަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ އެ ޕްރޮގްރާމްގެ ފައިނޭންސިންގެ ކަންކަން ހަމަޖައްސާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭސްސިން ސްކީމެއް މެދުވެރިކޮށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 200 މަސްދޯނީގައި އެ ސިސްޓަމްތައް ހަރުކުރަން ނިންމާފައިވާއިރު ފުރަތަމަ ފިޔަވަހީގައި 100 ދޯނީގައި އެ ސިސްޓަމްތައް ހަރުކުރާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ މި އަހަރާއި އަންނަ އަހަރު ކަމަށް ވެސް ބަޔާނުގައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ކުރިން ނަގާފައިވާ ނަމަ އެ ފެސިލިޓީއަކަށް ވާ ފައިސާ އަނބުރާ ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ ލޯނު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ މަރުހަލާއެއްގެ ތެރެއިންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފުރަތަމަ މަރުހަލާގައި އެ ލޯނަށް އެދޭ އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އުޅަނދާއި ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ ސިސްޓަމްތައް ދެނެގަންނާނެ ކަމަށެވެ. ދެވަނަ މަރުހަލާއަށް ދަނީ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށް ފަހުގައި ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ ސިސްޓަމް ހަރުކޮށްދިނުމާއި ހިންގުމާ ގުޅޭގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ވެސް، ފޯމު ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކޮށް، އެ އުޅަނދެއްގައި ސިސްޓަމް ހަރުކުރެވޭނެ ފައިސާ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު