މިއަހަރު ބޮޑުޢީދު ފާހަގަ ކުރުމަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށައަޅާފައިވާ ކަމަށް ދިވެހިބަހާއި ތަރިކައާއި ޘަޤާފަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަރިކައާއި ޘަޤާފަތާބެހޭ ވުޒާރާއިން މިއަދު ބުނީ މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި އެވުޒާރާއިން 25 އެޕްރީލްގައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށައަޅާފައިވާ ކަމަށެވެ.
ބޮޑުޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކުގެ ތެރޭގައި، ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެ ތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށް ހިމެނެއެވެ.
“މި ވުޒާރާގެ ފަރާތުން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެއެވެ. އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ.” ތަރިކައާއި ޘަޤާފަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ޡަޤާފަތާބެހޭ ވުޒާރާއިން ބުނީ ވަގުތު ހަމަވީ ފަހުން ޕްރޮޕޯސަލް ހުށައެޅި ރަށްރަށުގެ ޕްރޮޕޯސަލް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީއެއް އެވުޒާރާއިން މިހާރު ވަނީ އެކުލަވާލައިފައެވެ.
ހަމައެއާއެކު ހުށައަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު ޢީދު ފާހަގަކުރުމަށް ހޮވޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެކަން އަންގާނެ ކަމަށްވެސް ތަރިކައާއި ޘަޤާފަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު