މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ބައެއް ވަޒީރުން ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ބައެއް ވަޒީރުންނާއި ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަމުންދާ ކަމަށާއި، އެފަދަ ފަރާތްތައް ހައްޔަރުކުރަންޖެހޭ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ކަޅު ބާޒާރު ހިންގާ ފަރާތްތައް ހުއްޓުވައިގެން ނޫން ގޮތަކަށް ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނުޖެހޭނެ ކަމަށާއި އެގޮތުން ކަޅު ބާޒާރުގައި ވިއްކާ ކޮންމެ ޑޮލަރަކީ ރައްޔިތުންގެ ޖީބުން ނަގާ ފައިސާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"19 ރުފިޔާއަށް ކަޅުބާޒާރުން ޑޮލަރު ގަނެގެން މުދާ ގެނައީމާ މުދާ އަގުބޮޑުވޭ. ގެންނަ މުދާކޮޅުވެސް މަދުވޭ. ގަންނަ މީހުންވެސް މަދުވޭ. ބައެއް ވަޒީރުން އެބަބުނޭ މަޖިލީހަށް ނޭނގޭނެޔޭ ސަރުކާރު ހިންގަންވީ ގޮތެއް. މަޖިލީހަކީ ރައްޔިތުން. ރައްޔިތުން މި ބުނަނީ މިކަން ހުއްޓާށޭ. ސަރުކާރު ހިންގަންތިބެގެން ކަޅު ބާޒާރުގައި ތަންތާތިބެ ޑޮލަރެއް ނުވިއްކޭނެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އެންމެ ގިނަ މީހުންތެރޭ ވަޒީރުން ހިމެނޭ." ބޮންޑޭ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާ ދަށްވެފައި ވަނިކޮށް ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑެވެ ޑޮލަރު ލިބުން ދަތިވެފައިވާކަމަށް ބިންޑޭ ވިދާޅުވިއެވެ. ޑޮލަރު ލިބުން ދަތިވެފައިވަނީ ދައުލަތުގެ ވަޒީރުން ކަޅުބާޒާރުގައި ޑޮލަރު ވިއްކައި، ޑޮލަރުގެ މުޢާމަލާތް ކުރާތީކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖެ ވަރަށް ބޮޑަށް ދަރުވާލާފައިވާ ކަމަށާއި، ދަރަނިން ސަލާމަތްވުމަށް 260 މިލިއަން ޑޮލަރު މިވަގުތަށްވެސް ބޭނުންވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


17

ވަރަ

25-Nov-2020

ވަޒީރުންނަކީބަންގާލީން . ބަގްލަދޭސްމީހުން އޭޓީއެމްތަކުގެ ކައިރީ ކިއުދަމާލާފަ ޑޮލަރު މާރުކޮއްދޭން . ހޭވައްޓާލާފަ އެވަރިހަމަކިތަންމެ ގިނައިން ވިއަސް މިބަޔަކު މިހާމުއްސަދިވީކިހިނެތްބާވައޭވެސް ހިތައްއަރާއެކަކަށްވުރެއަނެކަކުއަވަސްއަވަހަށް ކަމާނުބެހޭމީހުންނާވެސް މުޢާމަލާތްކުރަން ދިމާ ކުރާނެ . ތިބޭނީ މާރުކޮއްދޭން ތައްޔާރަށް . ނިކަންސިއްރުންތިބެ ކުރާކަމެއްހެންހީވަނީ އާޓިފިޝަލްބީޗްކައިރީހުންނަ އޭޓީއެމް ކައިރީ ވަކިން ކަންތައްބޮނޑު އެއީވަޒީރުން ފޮނުވައިގެން ގޮސްތިބޭހާބޭރުމީހުންދުތަ ؟



ޓްރެންޑިން