މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން
މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން
ޤާނޫނު އަސާސީ ބުނާގޮތުން ވަޒީރުންގެ އިތުބާރާއި ގުޅޭ ކަންކަން ނިންމާނީ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ކުރަށްވަމުން ގެންދަވަނީ ޤާނޫނު އަސާސީގައި ކޮޅުފައިން ޖަހާފައިކަމަށް މަލީހް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ފިރުޝާން ވިދާޅުވީ، ޤާނޫނު އަސާސީގެ 101 ވަަނަ މާއްދާ ބުނާގޮތުން ވަޒީރުންގެ އިތުބާރާއި ގުޅޭ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"އެކަންކަން ނިންމަނީ ސުޕްރީމް ކޯޓު ނުވަތަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަކުން ނޫން." މެމްބަރު ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާނަކީ މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި މެމްބަރެކެވެ.

އެ މައްސަލާގައި މަލީހް ވިދާޅުވީ، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ޤާނޫނު އަސާސީގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑުކޮށްލުން ކަމަށާއި، އަދި ނުރައްކާތެރި ރަނގަބީލެއް ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް ވަނީ އޭނާގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދެވުމުގައި އިސްކޮށް އުޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން