ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓު ބަހުސަށްފަހު އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުގެ ބަހުސް ހަމަ ނިމުމާއެކު އެ މައްސަލަ އެޖެންޑާކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސަށް ދެގަޑިއިރު ދިނުމަށް ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށާއި، ބަހުސްގެ 2 ގަޑިއިރުތެރެއިން ޖަވާބުދާރީވުމުގެ ގޮތުން ބަހުސް ފަށާވަގުތުގައާއި މެދުތެރެއިންނާއި ނިންމާއިރު މިނިސްޓަރު އިމްރާނަށް 10 މިނެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.

އިދިކޮޅު ކޯލިޝަނުން އެ މައްސަލަ މަޖިލީހަށް ހުށައެޅީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގާދިޔަ ޖިންސީ ގޯނާގެ ޢަމަލަކީ ވަރަށް ކުޑަ ޢަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި މައްސަލައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން