ބަޖެޓު ދިރާސާކުރާ ކޮމިޓީއިން 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން
ބަޖެޓު ދިރާސާކުރާ ކޮމިޓީއިން 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދައުލަތުގެ ބަޖެޓަށް ބަރޯސާކުރުމަކީ ކަންބޮޑުވުމެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ކޮމިޓީން ބޭއްވި ބައްދަލުވުމަށް އޮޑިޓް އޮފީހުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދައުލަތުގެ ބަޖެޓަށް ބަރޯސާކުރުމަކީ ކަންބޮޑުވުމެއް ކަަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް އޮފީހުން ބުނީ ދަޢުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ބައެއް އާމްދަނީ ތަކަކީ ގާނޫނަށް ނުވަތަ ގަވައިދަށް ބަދަލު ގެެނެސްގެން ނޫނީ ތަންފީޒު ނުކުރެވޭނެ ކަންތައްތަކެއް ކަމަށާއި، ދައުލަތުން ނަގާފައިވާ ދަރަނިތައް އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމާއި އެކަމަށް ހައްލެއް ހޯދައި ދަރަނި އަދާކުރާނެ ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރި އެވެ. އަދި ދަޢުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދު ބޮޑުވުމަކީ ކަންބޮޑު ވުމެއްކަމަށާއި، ޢާމްދަނީއަށް ބަލައިގެން ޚަރަދު ކުރުމަކީ މުހިއްމުކަމެއް ކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް ފައިސާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ ފައިސާގެ ހަތަރުބައިކުޅަ ތިން ބަޔަށްވުރެ ބޮޑުބައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ އެންމެ ގައުމަކުން ކަމަށާއި އިގުތިސާދީ ގޮތުން މިފަދަ ދަތި ދުވަސްވަރެއްގައި އެއް ގައުމަކަށް މިހާ ބޮޑަށް ބަރޯސާވުމަކީ ރައްކާތެރިގޮތެއް ނޫންކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 1.82 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އިންޑިއާ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން