ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް (ކ). އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް (ވ)
ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް (ކ). އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް (ވ)
ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަކަށް ނޭނގޭނެ ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވުމުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް އެކަމަށް ރައްދު ދެއްވައި މަލީހުގެ އަސްލު ސައިޒް ވިދާޅުވެ ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤަނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.

މަލީޙަށް ރައްދު ދެއްވަމުން މެމްބަރު ޙުސައިން ޝަހީމް ވަނީ މަލީހް ސައިޒްގައި ހުންނެވުމަށާއި، މަލީހަކީ މަޖިލީހާ އަޅާބަލާއިރު ސައިޒުން ވަރަށް ކުޑަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"މަނިކުފާނު އުޑަފައިން އިންނެވީމައި ބިމުގައިނުޖެހޭ. މަނިކުފާނަކީ ވަރަށް ކުޑަ ބޭފުޅެއް. ހުދު މަނިކާފާނަށް މިނިސްޓަރަކަށް ރުހުން ދިނުމާއި، އިތުބާރު ނެތްކަން ނިންމާ މަޖިލީހުން ނެއްޓިވަޑައިގަންނަވަން ދަތިފުޅުވެ، މިހާރު ހޮޑުފުޅަށް ތާއްޔާރުވެ، މިހާރު އޯކަށް ދެމެވޭ އަޑުފުޅު މިއިވެނީ." އަނދުން ޙުސެއިން މަލީހުގެ އަސްލު ސައިޒް ހަނދާން ކޮށްދެއްވާ ވިދާޅުވިއެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަލީހުގެ މަސްލަޙަތު ހިމެނޭ ގޯއްޗެއްގެ މައްސަލައެއް މަޖިލީހުން ގެންދަނީ ބަލަމުންނެވެ. އަދި މަޖިލީހާމެދު މަލީޙް ހިތްޕުޅު ހަމަނުޖެހިވަޑައިގެން އުޅުއްވަނީ އެކަމާ ގުޅިގެން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެއެވެ.

ބުނެވޭ ގޮތުގައި ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި މަލީހަކީ މިސަރުކާރު ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު ޖަމީލުގެ މަސްލަހަތާއެކު ޖުމްހޫރީ ޕާޓީގެ ތެރެއިން ވަޒީރު ކަމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައި ކުރިން ހުންނެވި ޑރ. ޖަމީލު މިހާރު ވަނީ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ. އަދި ޑރ. ޖަމީލަކީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވެސް ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން