އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ
ކައުންސިލްތަކަށް ފާރަވެރިވާނެ މަހޯލި ހަރަކާތްތެރިން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ބަޖެޓަކީ ކަންތައްތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށެވެ.

އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ހަތަރު މިލިޔަން ރުފިޔާއަކީ ނޭވާލެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ ފިޔާޒް ވިދާޅުވީ، ބަޖެޓު ކުޑަ ނަމަވެސް ހަރަދުތައް ކުޑަކޮށްގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި، ކައުންސިލްތައް ޖަވާބުދާރީ ކުރުމާއި އެ ތަންތަނުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި، މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ މަސައްކަތް މިމަހު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ، މަހޯލިއަކީ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ އެކްޓިވިސްޓުން ކަމަށާއި، އެކަމަށް މިހާރުވެސް 50 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން