ކޯވިޑާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްކޮންފަރެންސެއްގެ ތެރެއިން
ކޯވިޑާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްކޮންފަރެންސެއްގެ ތެރެއިން
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަން ދީގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށާއި، ސަރުކާރުން އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން ކަމަށެވެ.

"ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް. ހަމަނުޖެހުމެއްގެ ތެރެއަށް ވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ވެސް ޤައުމުގައި ފަތުރާލެވިދާނެ." ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ، ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން ކަމަށް ވިދާޅުވެ އެ ދާއިރާ އަށްވެސް އަލި އަޅުވާ ލައްވާފައެވެ. އެގޮތުން ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން ޝަރުޢީ ދާއިރާއަށް އަންނަނީ ލިބެމުން ކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ނަމަވެސް އެކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން