ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" ގެ ރަޖިސްޓްރާއަކަށް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސިޔާޒް އައްޔަންކުރައްވައިފިއެވެ.
ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއަކީ އެ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތެވެ.
މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީކުރުމާއި، ރަޖިސްޓަރީކުރެވޭ މުދަލުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން އާންމުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމާއި، އެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުމުގެ އިތުރުން، އެ ގާނޫނުތަކުން ލިބިދޭ ހައްގުތަކަށް އާންމުންހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.
ހަމައެހެންމެ، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވެ އެ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމަކީވެސް އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ. އަދި ސަރަހައްދީ އާއި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުމުގެ މަސައްކަތްވެސް އެ އޮފީހުން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު