ކުޅުދުއްފުށި ސިޓީގެ ކުޅި ހިމާޔަތްކޮށް ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް(އޭޑީބީ)އާއެކު މަޝްވަރާކޮށްފިއެވެ،
މޫސުމީ ވިލުންވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫއު (އީ.ސީ.އާރު.އެފް.އެސް) ގެ ރިވިއު މިޝަންގެ ދަށުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދެއް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އާ ވަނީ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގެ އެތެރޭގެ ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ކުޅި އަދި ޗަކަބިންތައް އިއާދަކޮށް ހިމާޔަތްކުރުމަށް ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން މުރާޖައާ ކުރުމެވެ.
މި ބައްދަލުވުމުގައި، މި މަޝްރޫއުގެ ދަށުން ތަންފީޒުކުރުމަށް ހުށަހެޅިފައިވާ ކޮންސެޕްޓްތަކަށް އަލިއަޅުވާލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެއަށްފަހު، އޭޑީބީގެ ވަފުދުން ވަނީ ކުޅުދުއްފުށީގެ ކަމާބެހޭ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ހާލަތު ވަޒަންކޮށްފައެވެ. މިގޮތުން ވާރޭވެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފެންބޮޑުވެފައި ހުންނަ ގެތަކަށާއި، ފެން ބޭރުކުރުމަށް ކަނޑައެޅިދާނެ އައުޓްފޯލް ސަރަޙައްދުތައް ވަނީ ބަލައި ފާސްކޮށްފައެވެ.
މިފަދަ ބައްދަލުވުންތަކާއި ސައިޓް ވިޒިޓްތަކުގެ ސަބަބުން، ހުށަހެޅިފައިވާ ހައްލުތައް އަމަލީ މައިދާނުގައި ހުރިގޮތް ބަލައި، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި މީގެ ސަބަބުން، ކުޅުދުއްފުށީގެ މުޖުތަމައަށް އެންމެ އެކަށޭނަ ގޮތެއްގައި މަޝްރޫއުގެ ފައިނަލް ޑިޒައިންތައް އެކުލަވާލުމަށާއި، ރޭވިފައިވާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު