ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާ ބެހޭ މުޢާހަދާއާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ބުނެ، އެފްރިކާގެ ގައުމެއްކަމަށްވާ ގެމްބިއާއިން ހުށަހެޅި މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ޙުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މި މުހިންމު ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިސީޖޭގެ މި ޙުކުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޖެނޮސައިޑް ކޮންވެންޝަންގެ އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް އެޅުނު ވަރަށް މުހިންމު އަދި ބާރުގަދަ ފިޔަވަޅެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ އިމުގެ ތެރެއިން ވާޖިބުތައް އަދާކުރުވުމަށާއި، ސުލްޙަވެރި ޝަރުޢީ ނިޒާމެއްގެ ތެރެއިން އަނިޔާވެރިން ޖަވާބުދާރީ ކުރުވުމުގައި އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު މި ނިންމުމުން ވަރަށް ބޮޑަށް ސާބިތުވެގެން ހިނގައްޖެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަކީ ހަމައެކަނި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބައިގެން އެކަނި ޙާޞިލުވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އަނިޔާ ލިބެމުންދާ ނިކަމެތިންނަށް ޙައްޤު އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށްޓަކައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބަދަހި އަޒުމާއި އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި، އަދި އިންސާފާއި ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ދުނިޔޭގެ އެންމެހައި ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު