ނެޝެނަލް ލައިބްރަރީގައި ޕާކިސްތާނަށް ހާއްސަ ކޯނާއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ނެޝެނަލް ލައިބްރަރީގައި ޕާކިސްތާނަށް ހާއްސަ ކޯނާއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ގައުމީ ކުތުބުޚާނާ (ނެޝެނަލް ލައިބްރަރީ) ގައި ޕާކިސްތާނަށް ޚާއްޞަ ކޯނަރެއް ހުޅުވައިފިއެވެ.

"މުޙައްމަދު ޢަލީ ޖިނާޙް ކޯނަރ ޕާކިސްތާން ކަލެކްޝަން"ގެ ނަމުގައި ޤާއިމުކުރި މި ކޯނަރ ހުޅުއްވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީއާއި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ ޤައުމީ ކުތުބުޚާނާއާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ތަރައްޤީކުރި ކޯނަރެކެވެ.

މި ކޯނަރަށް ޕާކިސްތާން ހައިކޮމިޝަނުން ވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ތާރީޚާއި ސަގާފަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިމެނޭ ފޮތްތައް ހިމެނެއެވެ.

ކޯނަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހައިކޮމިޝަނަރު ވިދާޅުވީ، ރާއްޖޭގެ ޤައުމީ ކުތުބުޚާނާއާއި ޕާކިސްތާނުގެ މުހިންމު ކުތުބުޚާނާއަކާ ދެމެދު ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

ޤައުމީ ކުތުބުޚާނާގައި ޕާކިސްތާނަށް ޚާއްޞަ ކޯނަރެއް ހުޅުވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް