ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ މެދުގައި މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އިއްޔެ ހެނދުނު ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ފެޑެރަލް މިނިސްޓަރ އޮފް ކޮމާސް ޖާމް ކަމާލް ޚާންގެ އިތުރުން ފެޑެރަލް މިނިސްޓަރ އޮފް މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއެވެ.
މި މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު މުޙައްމަދު ސަޢީދު 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކުރިމަގުގައި ދެ ޤައުމަށްވެސް ނުހަނު ފައިދާކުރަނިވި، ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ފަދަ އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ އަދި މުދާ އުފުލުމުގެ ދާއިރާއާ ގުޅުންހުރި މުހިއްމު ކުންފުނިތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ސަރުކާރު ހިއްސާވާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމާއި، ރާއްޖޭގެ ބަނދަރުތައް ބަލަހައްޓާ މައި ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން ޙުސައިން ޝަފީޤު ބައިވެރިވެވަޑައިގެން، ކަނޑުމަގުން މުދާ އުފުލުމާއި ވިޔަފާރީގެ ލޮޖިސްޓިކްސް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރު ޤައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޕާކިސްތާނާއެކު ބޭއްވުނު މި ބައްދަލުވުމަކީ ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު