ދިވެހި ޒުވާނުން ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢަށް ކޮށްދޭ އަގުހުރި ޚިދުމަތްތައް ބަލައިގަނެ، އެކަން ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އަހަރަކު އެއްފަހަރު ދެމުން އަންނަ "ޒުވާނުންގެ ޤައުމީ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މި އިނާމަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންދާ ހުނަރުވެރި ޒުވާނުންގެ އަގުވަޒަންކުރުމަށް ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ އަހަރު މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 2025 އިން 2026 އަށް ހުށަހަޅާ ޒުވާނުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. އެގޮތުން ޖުމްލަ 22 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާއިރު، އިނާމު ޙާޞިލުކުރާ ކޮންމެ ފަރާތަކަށް ވެސް ޚާއްޞަ އެވޯޑަކާއި ރަސްމީ ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރު އިނާމު ދިނުމަށް ކަނޑައަޅާފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާގެ އިތުރުން ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން ހިމެނޭހެން ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ ހިމެނެއެވެ. އަދި ފަންނުވެރިކަމާއި ސަގާފަތް ދިރުވުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގ ނުވަތަ ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުމުގެ ދާއިރާ ވެސް ހިމެނެއެވެ. މީގެއިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމުގެ ދާއިރާއިން ވެސް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ހަމައެއާއެކު ދިވެހިބަސް ކުރިއަރުވައި އާލާކުރުމާއި، ދިރާސާކުރުމާއި އާ އުފެއްދުންތައް އުފެއްދުމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ދާއިރާގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމުގެ ދާއިރާ ވެސް މި ލިސްޓުގައި ހިމެނެއެވެ. އަދި އިސްލާމްދީނުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކާއި، ހިލޭސާބަހަށް މަސައްކަތްކުރުން ނުވަތަ ވޮލެންޓިއަރިޒަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ ވެސް މި އިނާމުތަކުގެ ތެރޭގައި ހިމެނިގެންދެއެވެ.
މި އިނާމަށް ޝަރުޠުހަމަވާ ޒުވާނުންނަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީން ޢާންމުކޮށްފައިވާ ޚާއްޞަ އޮންލައިން ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި ވެލާނާގޭގެ 3 ވަނަ ފަންގިފިލާގެ ރިސެޕްޝަނުން ވެސް ފޯމު ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ދެމެދުގައެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން މިނިސްޓްރީގެ ރަސްމީ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު