އިސްލާމީ މަރުކަޒުގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމީ މަރުކަޒުގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ މައި ހޯލުގެ ކާޕެޓު ބަދަލުކުރުމަށް ޕާކިސްތާނު ސަރުކާރުން ފައިސާގެ އެހީތެރިކަން ދީފިއެވެ.

މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފައިސާގެ ޗެކު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދިއެވެ. އަދި އިސްލާމީކަންތައްތަކާއި އައުޤާފާ ވުޒާރާގެ ފަރާތުން ޗެކާއި ހަވާލުވެލެއްވީ ޕާމަނަންޓު ސެކްރެޓަރީ އަޙްމަދު އަދީލްއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމަށްޓަކައި ވުޒާރާގެ ފަރާތުން ޕާކިސްތާނު ސަރުކާރަށާއި، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދިއަށާއި ހައި ކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޕާކިސްތާނު ސަރުކާރުގެ މި ދީލަތި އެހީއާއެކު، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ.



ކިޔުންތެރިންގެ ހިޔާލު