ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލުމަކީ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަލިފުށީގެ މި އިންޑޯ ކޮމްޕްލެކްސް ނިމިގެންދާއިރު، އެތަނުގައި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެއިތުރުން، ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް އެ މަރުކަޒުގައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ޒަމާނީ ފެންވަރުގެ ޖިމަކާއި، އެރޯބިކްސް ކްލާސްތައް ކުރިއަށް ގެންދެވޭނެ ސްޓޫޑިއޯއެއްގެ އިތުރުން، ކްލާސްރޫމަކާއި ބޯޑު ގޭމްތަކަށް ޚާއްޞަ ހޯލެއްވެސް އެ އިމާރާތުގައި ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ އިތުރުން ބައްދަލުވުންތައް ބާއްވާ ކޮޓަރިއަކާއި މުވައްޒަފުންގެ މަސައްކަތުގެ މާޙައުލުވެސް އެތެރޭގައި ޤާއިމުކުރެވޭނެ. ހަމައެއާއެކު، ކުޅިވަރު ކުޅެން އަންނަ ފަރާތްތަކަށް ހެދުން ބަދަލުކުރާނެ ކޮޓަރިތަކާއި، ފާޚާނާއާއި، އެތަނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ނިމޭއިރު ފުރިހަމަވެފައި ހުންނާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، އަލިފުށީ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް މިހާރު އެހެން ފަރާތަކާ ޙަވާލުކުރެވިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު