ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުލަގަދަ "ބީއެމްއެލް ކާނިވާ 44" ގައި ރާއްޖޭގެ މަގުބޫލު ވިޔަފާރި ކުންފުނި ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.
އާއިލާތަކާއި އެކުވެރިންނަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ބާއްވާ މި ކާނިވަލުގައި ޔޫރޯ ސްޓޯރުގެ ފަރާތުން އާންމުންނަށް ތަފާތު އަދި މީރު ކާބޯތަކެއްޗާއި މަޖާ ކުޅިވަރުތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.
މިމަހުގެ 11 އިން 14 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި ހުންނަ ޔޫރޯ ސްޓޯރުގެ ކިއޮސްކަކީ ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް މި ކިއޮސްކުން ޔޫރޯ ސްޓޯރުގެ ތަފާތު ބުއިންތަކާއި ކާބޯތަކެތި ބައްލަވައިގަންނަން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ތަފާތު ވައްތަރުގެ ކޯލްޑް ބްރޫ ކޮފީތަކާއި، ކަރުހިއްކުން ފިލުވައިދޭނެ އެހެނިހެން ބުއިންތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަބްރީ ބްރޭންޑުގެ މީރު ޖެލާޓޯ އައިސްކްރީމް ހިމެނެއެވެ.

ބީއެމްއެލް ކާނިވަލުގައި ޔޫރޯގެ ކިއޮސްކު، ފޮޓޯ: ޔޫރޯ ސްޓޯރު
މީގެ އިތުރުން، ކާނިވަލުގެ ރޭގަނޑުތައް އިތުރަށް ފޯރިގަދަކޮށްލުމަށްޓަކައި، ކޮންމެ ރެއަކުވެސް 8:00 އިން 10:00 އަށް ޔޫރޯ ސްޓޯރުގެ ކިއޮސްކުގައި ލައިވް ޕިއްޒާ ސްޓޭޝަނެއް ކުރިއަށްދާނެއެވެ. މި ސްޓޭޝަނުން ތައްޔާރުކުރާ ހޫނު ޕިއްޒާތަކަކީ އިޓަލީގެ މަޝްހޫރު މޮލީނޯ ސްޕަޑޯނީގެ މޮޅު ޕިއްޒާ ޑޯ ބޯލްސް ބޭނުންކޮށްގެން، ވަގުތުން ފިހެގެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އަނގަޔަށް މީރު ޕިއްޒާތަކެކެވެ. މިއީ ޕިއްޒާއަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
ކާބޯތަކެތީގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ޚާއްޞަ މަޖާ ހަރަކާތެއްގެ ގޮތުގައި "ކިންޑަރ ބުއޭނޯ ޓޮސް އެންޑް ވިން" ކުޅިވަރުވެސް ޔޫރޯ ސްޓޯރުގެ ކިއޮސްކުގައި ވަނީ އިންތިޒާމުކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވެގެން މަޖާ ވަގުތުތަކެއް ހޭދަކޮށްލުމުގެ އިތުރުން، ހިތްގައިމު އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ބީއެމްއެލް ކާނިވަލުގައި ޔޫރޯ އިން ތަފާތު ހަރަކާތްތަކެއް، ފޮޓޯ: ޔޫރޯ
ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މުޖުތަމައު އެއްފަސްކޮށްދޭ މި ބޮޑު ކާނިވަލުގައި ޔޫރޯ ސްޓޯރުން އަލަށް ބައިވެރިވުމަކީ، މުޅި އިވެންޓުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެކެވެ. ރަހަމީރު ކާބޯތަކެއްޗާއި، ފިނި ބުއިންތަކުގެ އިތުރުން އާއިލާއާ އެކު އުފާވެރި ހަނދާންތަކެއް އާކޮށްލުމަށްޓަކައި، މިމަހު 14 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ކިއޮސްކަށް ޒިޔާރަތްކޮށްލުމަށް އެންމެހައި ފަރާތްތަކަށް ޔޫރޯ ސްޓޯރުން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު