ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ކޮޕް31 ސަމިޓުގެ ހަވާސާގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.
މި ޕެނަލް މަޝްވަރާއަކީ އައްސޭރިފަށުގެ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، މޫސުމީ ވިލުންވެރިކަން (ކޯސްޓަލް ރެޒިލިއަންސް) އިތުރުކުރުމާ ގުޅޭގޮތުން ބޭއްވުނު މުހިންމު ސެޝަނެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި، މި ދާއިރާއިން ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ނާޒުކު ތިމާވެއްޓެއް އޮތް ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެދެވޭ މިންވަރެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ޙާޞިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށް އަމްޖަދު ވިދާޅުވިއެވެ. ޚާއްޞަކޮށް، މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ފުޅާ ދާއިރާއެއްގައި ލިބުމަކީ، މިފަދަ މަޝްރޫޢުތައް ވަގުތުން ވަގުތަށް ތަންފީޛުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮޕް31 ސަމިޓުގައި ދިވެހިރާއްޖެއިން އަންނަނީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އުފުލައި، މޫސުމީ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު