ދިވެހިރާއްޖޭގެ ރާޅާއެޅުމުގެ އެންމެ ފޯރިގަދަ އަދި ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް 1448" ގެ ތެރެއިން މިފަހަރު ޔޫރޯ ސްޓޯރުގެ ތަފާތު މީރު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026 (ޑީއެސްއެލް 2026) ގެ ގައުމީ ޗެމްޕިއަންޝިޕްގެ ކޯ-ޕާޓްނަރެއްގެ ހައިސިއްޔަތުން، މި ނޮވެމްބަރު މަހުގެ 5 އިން 7 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ޔޫރޯ ސްޓޯރުން ކުރިއަށްގެންދާ ހަރަކާތްތަކަކީ މި އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަކޮށްދޭނެ ކަންކަމެވެ.

ފޮޓޯ؛ ޔޫރޯ މާކެޓިން
މި މުބާރާތުގެ ފޯރި ބައްލަވާލެއްވުމަށް ރާޅުގަނޑު ސަރަހައްދަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫރޯ ސްޓޯރުން އެ ސަރަހައްދުގައި ތަފާތު ކިއޮސްކެއް ގާއިމުކުރާނެއެވެ. އެގޮތުން، ހޫނުގަދަ މާހައުލުގައި ހިތްހަމަޖައްސާލުމަށް ފިނި ކޯލްޑް ބްރޫ ކޮފީއާއި، ތަފާތު ހާއްސަ ބުއިންތަކުގެ އިތުރުން މަޝްހޫރު ފެބްރީ ޖެލާޓޯ އައިސްކްރީމް އަދި އެކި ވައްތަރުގެ މީރު ލުއި ކާނާ މި ކިއޮސްކުން ލިބެން ހުންނާނެއެވެ. މިއީ މުބާރާތް ބައްލަވާލައްވަން ހުންނަވާއިރު އަނގަޔަށް މީރު ރަހަތަކެއް ގެނެސްދޭނެ ފުރިހަމަ ތަޖުރިބާއަކަށް ވެގެންދާނެއެވެ.
މީރު ކާނާގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ޔޫރޯ ސްޓޯރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ކިއޮސްކުން ލޮރެންޒް ބްރޭންޑުގެ އުފެއްދުމެއް ބައްލަވައިގަނެގެން 'ލޮރެންޒް ޕްލޭ އެންޑް ވިން' ހަރަކާތުގައި ބައިވެރިވެ، ހިތްގައިމު އިނާމުތަކެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ ފަހު ދެ ދުވަހަކީ އާއިލާތަކާއި ކުޑަކުދިންނަށް ވަރަށް ހާއްސަ، މަޖާ ދެ ދުވަހަށް ވެގެންދާނެއެވެ. އެގޮތުން، ނޮވެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި 'ލޮއާކާ' މަސްކޮޓް ޔޫރޯ ސްޓޯރުގެ ކިއޮސްކް ސަރަހައްދުން ފެނިގެންދާނެއެވެ. މި ވަގުތަކީ ކުޑަކުދިންނަށް މަސްކޮޓާއެކު ހަނދާނީ ފޮޓޯ ނެގުމުގެ އިތުރުން މީރު ލޮއާކާ މިނީސްގެ ރަހަ ބަލާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަދި މުބާރާތް ނިމޭ ދުވަސް ކަމަށްވާ ނޮވެމްބަރު 7 ވާ ހޮނިހިރު ދުވަހު އޮންނަ ފޯރިގަދަ 'ފެރޭރޯ ގޯލްޑަން ހަންޓް' ގައި ބައިވެރިވެ، މަޖާ ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ޔޫރޯ ސްޓޯރުގެ ކިއޮސްކް ހުލުވިފަ ހުންނާނީ ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ހަވީރު 6:00 އަށް، ނޮވެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ން ހަވީރު 6:00 އަށް، އަދި ނޮވެމްބަރު މަހުގެ 7 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 6:00 އަކަށެވެ.
ރަންނަމާރި ޗެލެންޖަކީ ރާއްޖޭގެ އެންމެ މޮޅެތި ރާޅާއެޅުންތެރިން ފެނިގެންދާނެ ބޮޑު އީދަކަށްވާއިރު، ޔޫރޯ ސްޓޯރުގެ އަމާޒަކީ މި ހަރަކާތަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް އުފާވެރި އަދި ހަނދާނުން ފޮހެވިގެންނުދާނެ ފަދަ ތަޖުރިބާއެއް ހޯދައިދިނުމެވެ. އެހެންކަމުން، މި ނޮވެމްބަރު 5 އިން 7 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ހުންނަ ޔޫރޯ ސްޓޯރުގެ ކިއޮސްކަށް ޒިޔާރަތްކޮށް، މި ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެލެއްވުމަށް އެންމެހައި ފަރާތްތަކަށް ޔޫރޯ ސްޓޯރުން ދައުވަތު އަރުވައެވެ.

ކިޔުންތެރިންގެ ހިޔާލު