އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުވެ، އެ އިންތައް ފަހަނައަޅާ ގޮސްގެން ނުވާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް މިފަދަ މެސެޖެއް ދެއްވާފައި މިވަނީ، ދާދިފަހުން ރާއްޖޭގެ އޮންލައިން ނޫހަކުން އާންމުކުރި ޑޮކިއުމެންޓްރީއެއްގައި ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ކަންތައްތަކެއް ހިމެނޭކަމަށް ދީނީ ޢީލްމުވެރިން ފާހަގަ ކުރަށްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން ވިދާޅުވީ، އެންމެ ފުރިހަމަ ގޮތުގައި ޙައްޤުތައް ދެއްވާފައިވަނީ އިސްލާމްދީނުގައި ކަމަށެވެ. އަދި އެއީ ކާއިނާތުގެ ވެރި އިލާހަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، އެހެން މަޚްލޫޤުންނަށް އޮންނަ ޙައްޤުތަކުގެ އިތުރުން، އަމިއްލަ ނަފްސަށް ލިބިގެންވާ ޙައްޤުތައް އެއްވެސް ފުށުއެރުމެއް ނެތި ބަޔާންކޮށްދޭ ފުރިހަމަ ނިޒާމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ޝިފާން ވިދާޅުވީ، ޚިޔާލު ފާޅުކުރުމާއި މިނިވަންކަމުގެ ނަމުގައި އިސްލާމީ އަގުތަކާއި އުޞޫލުތަކާ ޚިލާފުވެ، އިންތަކުން ބޭރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "ޙައްޤުތަކުގެ ނަމުގައި އިންތައް ފަހަނައަޅާ ނުދާށޭ،" ޝިފާން ވިދާޅުވިއެވެ.
ހަމައެހެންމެ ޢަދާލަތު ޕާޓީގެ ރައީސްވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙައްޤުތައް ބޭނުންކުރުމުގައި ދީނީ އަދި ޤައުމީ މަޞްލަޙަތަށް އިސްކަންދިނުމަށް އިލްތިމާސް ކުރަށްވާފައެވެ.
އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުވެ، އެ އިންތައް ފަހަނައަޅާ ގޮސްގެން ނުވާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައިވާއިރު، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރުގެ ރިޕޯޓްގައި ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

އެންމެ ފުރިހަމަ އަށް ޙައްޤުތައް ދެއްވާފައިވަނީ އިސްލާމް ދީނުގައެވެ. އެއީ ކާއިނާތުގެ ވެރި އިލާހަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި، އެހެން މަޚްލޫގުންނަށްވާ ޙައްގުތަކާއި ތިބާއަށް ލިބިގެންވާ ޙައްޤުތައް ފުށުނާރާ ފުރިހަމަ ނިޒާމެކެވެ.
— Mohamed Shifan (@abu_auyun) April 30, 2026
ޙައްޤުތަކުގެ ނަމުގައި އިންތައް ފަހަނަ އަޅާ ނުދާށެވެ!
ހަމައެހެންމެ ޢަދާލަތު ޕާޓީގެ ރައީސްވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޙައްޤުތައް ބޭނުންކުރުމުގައި ދީނީ އަދި ޤައުމީ މަޞްލަޙަތަށް އިސްކަންދިނުމަށް އިލްތިމާސް ކުރަށްވާފައެވެ.
އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުވެ، އެ އިންތައް ފަހަނައަޅާ ގޮސްގެން ނުވާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައިވާއިރު، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރުގެ ރިޕޯޓްގައި ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފައެވެ.
ކިޔުންތެރިންގެ ހިޔާލު