ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ދިޔަވެ އަޑިއަށްދާތީ، އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުންނާއި ކްރޫއިން ގުޅިގެން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބޯޓުގެ ބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އަދި ލައިފް ރިންގު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށް، ޓީއެމްއޭގެ ގިނަ އަދަދެއްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު