މާލެ އަތޮޅު ތުލުސްދޫ ކައިރިން އެކްސިޑެންޓްވި އެއް ލޯންޗު
މާލެ އަތޮޅު ތުލުސްދޫ ކައިރިން އެކްސިޑެންޓްވި އެއް ލޯންޗު
ތުލުސްދޫ ކައިރިން ދެ ލޯންޗު ޖެހި ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ މިރޭ ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ ހަތެއް ޖަހާކަންހާއިރު ތުލުސްދޫގެ އިރުމަތީ ކަނޑުއޮޅި ސަރަހައްދުން ކަމަށެވެ. އެ ހާދިސާގައި އެކްސިޑެންޓްވީ މާލެއިން ތުލުސްދޫއަށް އައި ތަރިކަ އެކްސްޕްރެސްއާއި ތުލުސްދޫއިން މާލެއަށް ދަތުރުކުރަ މީރު ލޯންޗާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި ބޮޑަށް ގެއްލުން ލިބުނީ ތަރިކަ ލޯންޗުގައި ތިބި މީހުންނަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ ހަދިސާގައި ދެ މީހުންނަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން އެކެއްގެ ފައި ބިންދައިގެން ދިޔަ ކަމަށެވެ.

އަނިޔާވި މީހުން މިހާރު ވަނީ މާލެ ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް