ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ހޫނު ތަހުނިޔާއަކާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ލޮބުވެތި ދިވެހި އުހުތުންނާއި އަހުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
އަދި ދެވަނަ ޖުމްހޫރިއްޔާގެ ތެރެއިން މިހާތަނަށް ހަތް ވެރިން ޤައުމުގެ ވެރިކަން ކުރައްވާފައިވާއިރު، މިހާރު މި ހިނގަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ދައުރެވެ.
މީގެއިތުރުން، ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރުން މިއަދާއި މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، ރައްޔިތުންނަށް ހޮނިހިރު ދުވަހުގެ ނިޔަލަށް 4 ދުވަހުގެ ދިގު ޗުއްޓީއެއް ވަނީ ލިބިފައެވެ.
މި ދިގު ހަފުތާ ބަންދާ ދިމާކޮށް ހުޅުމާލޭގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު