ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ރަސްމީ ބައްދަލުވުރެއްވުމެއް ބޭއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ރަސްމީ ބައްދަލުވުރެއްވުމެއް ބޭއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭއާ ރަސްމީ ބައްދަލުވުރެއްވުމެއް ބާއްވަވައިފިއެވެ.

މި މުހިންމު ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް31) ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ވެރިން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަތުމަށް އެޅެންހުރި ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅުދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޚާއްޞަކޮށް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ދެ ޤައުމު ގުޅިގެން ވަކާލާތު ކުރުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ ކޮޕް ސަމިޓު ތުރުކީގެ އަންތަލިޔާގައި ކުރިއަށްދަނީ މިމަހުގެ 9 އިން 20 އަށެވެ. އަދި މި ސަމިޓުގެ އެންމެ މުހިންމު އެއް ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ސަމިޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 12 އަށެވެ.

މި ސަމިޓުގެ ތެރެއިން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައީސް މުޢިއްޒު ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު