ހެއްކާއި އިންޓެލިޖެންސާއި ޒަމާނީ ޓެކްނޮލޮޖީއާއެކު، އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ފުލުހުންގެ ޚިދުމަތުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށްޓަކައި އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ބައިވެރިންނާ މުޚާތަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ޚިދުމަތެއް ކަމަށެވެ. އަދި ހައްޔަރުކުރުމާއި ތަހުގީގު ކުރުމުގެ ބާރުތަކަށްވުރެ އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރަންޖެހޭ ދަނޑިވަޅުތައް އަންނާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ އާއިލާއަކަށް އެހީތެރިވާ ވަގުތު، އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނިއްޔަތުކަމަށް ކަމަށެވެ.
ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމައާ ގުޅިގެން ކުރެވޭ "ޕްރޯއެކްޓިވް" މަސައްކަތުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުހަލާގެ ކޮމިއުނިޓީ މޮޑެލް (ޕްރައިމަރީ، ސެކަންޑަރީ އަދި ޓާރޝަރީ) ގެ ތަޖުރިބާތައް ހިއްސާ ކުރަށްވާފައެވެ. އެގޮތުން ފްރަންޓް ލައިން އޮފިސަރުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅުން ބަދަހިކުރުމާއި، މިޑް-ލެވެލް މެނޭޖްމަންޓުން ކައުންސިލްތަކާއި މަދަނީ ޖަމްއިއްޔާތަކާ ގުޅުން ގާއިމުކުރުމުގެ އިތުރުން، އެގްޒެކެޓިވް ލެވެލްގައި މުޖުތަމައުގެ އިސް ފަރާތްތަކާ ގުޅިގެން ކަންކަން ވިލަރެސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތަކަށް ވިޔަސް ހަމަހަމަކަމާއެކު ޚިދުމަތް ލިބެންޖެހޭނެކަން ފާހަގަކުރައްވަމުން، އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ވިޔަސް، ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތެކޭ އެއްފަދައިން ފުރިހަމަ އިހުތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ޚިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށް ވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެ ކަމަށް ލަޠީފް ވިދާޅުވިއެވެ.
ފުލުހުންގެ އަޚުލާގާއި ސުލޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އަޚުލާޤީ މިންގަނޑުތަކާއި ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށާއި، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ 'ޗެއިން އޮފް ކޮމާންޑް' ހިފެހެއްޓުމަށް ހުރިހާ އޮފިސަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތަކާއި ފަހުރުވެރި ތަރިކަ ރައްކާތެރިކުރުމަށްވެސް ގޮވާލެއްވިއެވެ.
މި މަހުގެ 8 އިން 10އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު