ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، އެޑްވާޑް އެޑައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޑރ. ޢަލީ ޝަރީފުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރަށްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޢަލީ ޝަރީފު ވަނީ، އެޑްވާޑް އެޑައި ރާއްޖޭގައި ހޭދަކުރެއްވި ދައުރުގައި ޔުނިސެފްގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި، ބެހެއްޓެވި ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
އަދި ރާއްޖޭގެ ތަރައްޤީއަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޔުނިސެފުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ވަޒީރު ފާހަގަކުރެއްވި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ހަމައެއާއެކު، އެވުޒާރާ އާއި ޔުނިސެފާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އޭގެއިތުރުން، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ވަޒީރު ވަނީ އެޑްވާޑް އެޑައިގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސް ކުރަށްވާފައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު