އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ އިމިގްރޭޝަންގެ ޤާނޫނަކީ މިޒަމާނުގެ ބޭނުންތަކަށާއި، ޒަމާނީ ފެންވަރެއްގައި ޚިދުމަތް ދިނުމަށް އެކަށީގެންވާ ޤާނޫނެއް ނޫން ކަމަށެވެ. އެހެންކަމުން، މަޖިލީހަށް އަލަށް ހުށަހެޅުއްވި ބިލަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޒަމާނީކޮށް، މުވައްޒަފުންގެ ދައުރާއި އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގިނަ އުސޫލުތަކެއް އެކުލަވާލައިގެން އެކުލަވާލާފައިވާ ބިލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިލުގެ އެންމެ މުހިންމު ނުކުތާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 7 އޮކްޓޫބަރުގެ ޙާދިސާއާ ގުޅިގެން ކުރިން ނިންމާފައި އޮތީ ޙާލަތު ބަދަލުވަންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ކަމަށް ވީނަމަވެސް، އަލަށް ހުށަހެޅި ބިލުގައި އެއްވެސް ޝަރުޠަކާ ނުލައި، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް މުޠުލަޤަށް ކަނޑައަޅުއްވާފައިވާނެ ކަމަށެވެ.
މީގެއިތުރުން، މިއީ ވަކި ވަގުތީ ކަމަކާ ގުޅުވައިގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ފަސްގަނޑަށް އިޒްރޭލުގެ އެއްވެސް ރައްޔިތަކު އައުމުގެ ފުރުޞަތު އޮތުމަކީ މި ސަރުކާރުން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށާއި، އެއީ މި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމުގައި އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު