މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހުނު ނަމަވެސް، ރާއްޖެއަށް ތެލާއި ގޭހުގެ އިތުރުން އަސާސީ އެއްވެސް މުދަލަކަށް ދަތިނުވެ މި ކާރިސާއިން އަރައިގަނެވުނީ ސަރުކާރުގެ ހަރުދަނާ ރޭވުންތެރިކަމުގެ ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މާލޭ ވިޔަފާރި ބަނދަރު ނުބެލެހެއްޓިގެން މުދަލުގެ އަގު އުފުލޭ ކަމަށް ބުނެފައިވާތީ އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބޮޑު ކާރިސާއެއްގެ ތެރޭގައި އަވަށްޓެރި އެތައް ގައުމަކަށް ތެލާއި ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވި ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް އެ ތަކުލީފު އުފުލަން ނުޖެހުނީ ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ހާއްސަ ވަޒީރުންގެ ކޮމިޓީގެ ހަރުދަނާ މަސައްކަތުން ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، އެ ބަނދަރަށް ސާޅީހަކަށް އަހަރު ފާއިތުވެ، އިގުތިސާދު އެތައް ގުނައަކަށް ފުޅާވެގެން ދިޔައިރު ވެސް ކުރީގެ އެއްވެސް ސަރުކާރަކުން ބަނދަރު ބޮޑުކުރުމަށް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އިންޑިއާ ކަނޑުން ދަތުރުކުރާ ގިނަ ބޯޓުފަހަރު ރާއްޖެއަށް ނައިސް ކޮލަމްބޯ ފަދަ ބަނދަރުތަކަށް ދަނީ ވެސް، ޒަމާނާ އެއްވަރަށް ރާއްޖޭގެ ބަނދަރު ކުރީގެ ވެރިން ތަރައްގީކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ހާލަތު ބަދަލުކުރުމަށްޓަކައި ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް މިހާރު ވެސް ދޯނިފަހަރުން މުދާ ބޭލުން ތިލަފުއްޓަށް ބަދަލުކުރަމުން އަންނައިރު، މުޅި މަޝްރޫއު އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްތައް ބައްލަވާލެއްވުމަށް އިދިކޮޅު މެންބަރުންނަށް އޭނާ ދައުވަތު ދެއްވިއެވެ.
މުދަލުގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ ސީދާ އޭނާ ވަރަށް ގާތުން ގުޅުން ބާއްވަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ބާޒާރުން ފިޔާ، ލޮނުމެދު ނުވަތަ މޭވާ ފަދަ އަސާސީ އެއްވެސް ބާވަތެއް ހުސްވެދާނެ ކަމުގެ ނިޝާނެއް ފެނުމާއެކު، ބޯޓުފަހަރުން އެހެން މުދާތައް އެއްފަރާތްކޮށް، އަސާސީ ތަކެއްޗަށް އިސްކަންދީގެން އަވަހަށް ކްލިއާ ކުރެވޭނެ ގޮތް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ހާލަތު ބޮއްސުންލައިގެން ނުގޮސް ހިފެހެއްޓުނީ މިފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުމުން ކަމުގައި ވަޒީރު ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު