ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އިއްޔެ އައްޔަން ކުރަށްވައިފިއެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ސެންޓަރުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ރިޓަޔާޑް ވައިސް ވަހީދެވެ. ނަމަވެސް، މޫސާ އަލީ ޖަލީލް އެ މަގާމަށް އައްޔަންކުރެއްވީ ވައިސް ވަހީދު މަގާމުން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެއެވެ.
އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރަނީ ރައީސް އެވެ.
ދިވެހި އަސްކަރިއްޔާގައި 32 އަހަރު ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައި މޫސާ އަލީ ޖަލީލް ރިޓަޔާ ކުރެއްވީ ފެބްރުއަރީ 9، 2012 ގައެވެ. އަސްކަރީ ހިދުމަތުން ރިޓަޔާކުރެއްވި ނަމަވެސް، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ފުރުއްވާފައެވެ. އެހެންނަމަވެސް، އޮކްޓޯބަރު 2015 ގައި އޭނާ ވަނީ އެ މަގާމުން ވަކިކުރަށްވާފައެވެ.
ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވެ ވަޑައިގެންނެވި މޫސާ އަލީ ޖަލީލް ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވެސް ވާދަކުރަށްވާފައެވެ. އެހެންނަމަވެސް، އެ އިންތިހާބު އޭނާއަށް ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި، ހާއްސަކޮށް ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މޫސާ އަލީ ޖަލީލަށް ދައުލަތުގެ މަތިވެރި ޝަރަފެއް ކަމަށްވާ "ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް" (ނ.އ.ވ.އ) އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު