ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށި ނަމަވެސް، އެ ތަނުގައި ރަލާއި އޫރުމަސް ވިއްކުމުގެ އިތުރުން ޖުވާކުޅޭ ކެސީނޯތައް ނުހުންނާނެ ކަމަށެވެ.
ރަސްމާލެ ތަރައްޤީކުރާއިރު އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ޢަމަލަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.
މީގެއިތުރުން، ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ، ފުރިހަމަ ހާމަކަން ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ސިއްރުވެފައިވާ އެއްވެސް ކަމެއް މި މަޝްރޫޢުގެ ތެރޭގައި ނޯންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނީ ފެންވަރުގެ ޢިމާރާތްތަކާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ މައި ވަޞީލަތްތައް އެކުލެވޭ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.
މި ބިޔަ މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުޞަތުތަކެއް ފަހިވެ، ދިވެހިރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު