ދައުލަތުގެ ދަރަނި ކުޑަކޮށް، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމާއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، "ޕީއެސްއެމް" ގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ މުއްދަތަކީ އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ދުވަސްތަކެއް ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ އިޤްތިޞާދީ ގޮތުން ބަނގުރޫޓުވެ، ދަރަނި ނުދެއްކޭ ފަދަ ނުރައްކާތެރި (ޑިފޯލްޓްވުމުގެ) ޙާލަތެއްގެ ތުންފަތްމަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ދަނޑިވަޅުގައި ކަންކަން ހަރުދަނާ އުޞޫލަކުން މެނޭޖުނުކުރެވުނު ނަމަ، މަދު މަސްކޮޅެއްގެ ތެރޭގައި ޤައުމުގެ މާލީ ޙާލަތު އަތްނުފޯރާ ފަށަށް ގޮސް، ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުގެ އެންމެ އިސް އަމާޒަކަށްވީ އެ ނާޒުކު ޙާލަތުން ޤައުމު ސަލާމަތްކޮށް، ދެމެހެއްޓެނިވި އިޤްތިޞާދީ ހަމަޖެހުމެއް ޤާއިމުކުރުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ސިޔާސަތުގެ ދަށުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު، އަހަރު ފެށުނުއިރު ދައުލަތުގެ ޖުމްލަ ރިޒާވާއި، ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ރެކޯޑު މިންވަރަކަށް އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދެ ފަހަރެއްގެ މަތިން މަތިވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރު ފައިސާގެ ތާށިކަން ޙައްލުކުރުމަށާއި، ރައްޔިތުންނަށް އުފުލަންޖެހިފައިވާ މާލީ ތަކުލީފުތަކާއި ދަރަނީގެ ބުރަ ލުއިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއްނެތި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު