ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މި ބަދަލުގެ މައިގަނޑު ބޭނުމަކީ އިސްރާފުތަކާއި ތަކުރާރުވާ ކަންކަން ނައްތާލައި، އިދާރީ ހިންގުން ހަރުދަނާކޮށް ޚަރަދުތައް ކުޑަކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މި އައު ނިޒާމުގެ ދަށުން ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި، ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެކަމަށެވެ.މީގެ ސަބަބުން އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ސިއްހީ ވަސީލަތްތައް ހިއްސާކުރުމާއި، ޑޮކްޓަރުންގެ ފަންނީ ޚިދުމަތް އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި މި އައު އުސޫލުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލުމުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ތަރައްގީކޮށް، އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް، އެ މީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި އެެއާއެކު ސިއްހީ ބޭނުންތަކަށްޓަކައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައްވެސް ވަރަށް އަވަހަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ޚަރަދުގައި ތައުލީމު ހާސިލުކޮށްފައިވާ ދިވެހި ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ އުސޫލުތައް އެކުލަވާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭރުގެ މާހިރުން ރާއްޖޭގައި ގާއިމުވެ ތިބެގެން ޚިދުމަތް ދެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު