ޕިކް ޕޯސްޓުގެ ހިދުމަތް ދޭ ތަނެއް--
ޕިކް ޕޯސްޓުގެ ހިދުމަތް ދޭ ތަނެއް--
ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސް ފީ ނުދައްކާތީ ޕޯސްޓަށް ލިބިފައި ހުރި ތަކެތި ޑެލިވާ ނުކުރެވިގެން އުޅޭކަމަށް ބުނެ އެސްއެމްއެސްތަކެއް ދަނީ ފޮނުވަމުންނެވެ. އަދި އެ ފީތައް އޮންލައިންކޮށް ދައްކަން ލިންކެއް ވެސް އެސްއެމްއެސްގައި ހިމަނާފައިވެއެވެ.

ނަމަވެސް މޯލްޑިވްސް ޕޯސްޓުން ބުނީ މިއީ ސްކޭމެއް ކަމަށާއި އެގޮތަށް ފޮނުވާ އެސްއެމްއެސްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެއްވެސް ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތާއި އަދި އޯޓީޕީ ނުދޭންވެސް އިލްތިމާސްކުރިއެވެ.

ރާއްޖޭގައި ސްކޭމްތައް އިތުރުވެފައިވާ އިރު ދާދި ފަހުން ވެސް ތިން މަސްތެރޭ ފަސް މިލިއަނަށް ވުރެ ރުފިޔާ ވަނީ ފޭރިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް