މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ނެޓްވޯކަކުން ހައްޔަރުކުރި ބިދޭސީއަކު، އެކަން ކުރީ އޭނާގެ ދިވެހި ވެރިޔާ (ބޮސް) ގެ މަޖުބޫރުކުރުވުމުން ކަމަށާއި، އެކަން ނުކޮށްފިނަމަ ޤައުމަށް އަނބުރާ ފޮނުވާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ކޯޓުގައި ބުނެފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ހެންވޭރު މާދޫގެ ބަލައިފާސްކޮށް 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޕޮލިންގެ އިތުރުން އިތުރު ދެ ބިދޭސީއަކާއި، މި ވިޔަފާރީގެ އިސް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ ހ. ކަރޯގޭ، މުޙައްމަދު ރަޝްވާން ހައްޔަރުކޮށް، މިހާރު ވަނީ ބަންދު މުއްދަތު ޖަހާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި ޕޮލިން ބުނެފައިވަނީ، އޭނާ ބަނގުރާ ވިއްކުމުގެ މަސައްކަތުގައި އުޅުނީ ރަޝްވާންގެ އަމުރަށް ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ، އަނބުރާ ޤައުމަށް ފޮނުވާލާނެކަމުގެ ބިރު ދައްކާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެއިތުރުން، ބަނގުރާ ވިއްކައިގެން ލިބޭ ފައިސާ ބީއެމްއެލް އަދި އެމްއައިބީ އެކައުންޓަށް ޖަމާކުރާ ކަމަށާއި، ބައެއް ހާލަތްތަކުގައި 'ކޭޝް އޮން ޑެލިވަރީ' ގެ ގޮތުގައިވެސް ފައިސާ ނަގާ ކަމަށް އޭނާ ބުންޏެވެ. އަދި ރަޝްވާނާ ފައިސާ ހަވާލުކުރަނީ، އެކައުންޓްތަކަށް ވަންނަ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްފަހު ނަގުދު ފައިސާގެ ގޮތުގައި ކަމަށްވެސް ޕޮލިން ކޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު