ރަސްމާލޭގައި ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެއްވެސް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށް އިގްތިސާދު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާންކަމުގެ ފައިދާ ނަގައިގެން އިގްތިސާދު ސިންދަފާތު ކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް އެންމެ ހިރާސް ކުޑަ އަދި އެންމެ ބޮޑު މާލީ މަންފާއެއް ލިބޭނެ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެތަނުގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެގޮތުން 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތަކުން ޖުމްލަ 3.1 ބިލިއަން ޑޮލަރު ލިބޭއިރު، ފުރަތަމަ މުއާމަލާތްތަކުން އެކަނިވެސް 1.2 ބިލިއަން ޑޮލަރު ސީދާ ދައުލަތަށް ވަންނާނެއެވެ. އަދި މި ޕްރޮޕަޓީތަކުގެ ވެރިފަރާތް ބަދަލުވާ ކޮންމެ ފަހަރަކު ކުރެވޭ މުއާމަލާތްތަކުންވެސް ދައުލަތަށް އިތުރު އާމްދަނީ ލިބެމުންދާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ އާންމު ގާނޫނުގެ ދަށުން 99 އަހަރަށް ބިމެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީއަށްވުރެ މި މަޝްރޫއުން ދައުލަތަށް ލިބޭ މާލީ މަންފާ މާ ބޮޑުވާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއު ނިމުމުން ރަސްމާލެއަށް އެކަނިވެސް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ގައުމުގެ އިގްތިސާދަށް 2 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވޭއިރު، ހެކްޓަރަކަށް ލިބޭ ޓީޖީއެސްޓީގެ މިންވަރު މިހާރަށްވުރެ 8 ގުނަ އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން އަމިއްލަ ދާއިރާއިން 15،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި، މީގެ ސަބަބުން ވަޒީފާ ހޯދުމަށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވެގެން ގޮސް، ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު