ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީ ތަހުގީގުގައި އެންމެ ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށާއި، މި މައްސަލަ ފައިލްކުރުމަކީ މިކަމުގެ ނިމުން ނޫން ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަހާޒް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ޕީޖީގެ އެ ނިންމެވުން އޭސީސީން މިހާތަނަށް އެއްވެސް ސިފައެއްގައި އޭނާއަށް އަންގާފައި ނުވާ ކަމަށް މަހާޒް ފާހަގަކުރެއްވިއެވެ.
އަދި ފާއިތުވި އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި، އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ޖޮއިންޓް ތަހުގީގެއް ފެށި ނަމަވެސް، އެއިން އެއްވެސް އިދާރާއަކުން އޭނާއާ އެންމެ ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ މަހާޒް ވަނީ، މި މައްސަލަ ފައިލްކުރުމަކީ މިކަމުގެ ނިމުން ނޫން ކަމުގެ އިންޒާރު ދެއްވާފައެވެ.
މަހާޒް މިފަދައިން ވިދާޅުވެފައި މިވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު އަދި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، އޭގެ ތެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ ޖިނާއީ އެއްވެސް ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއްގައި ކަމަށް ބުނެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައަކީ އޭސީސީން ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ތަހުގީގެކެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ލިބުނު އެންމެހައި ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު، އެ ތިން ފަނޑިޔާރުން ވެސް ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ ސަބަބަށްޓަކައި މައްސަލަ ފައިލްކޮށް، ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވެސް ވަނީ ނިންމަވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގަރާރުގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށެއްގެ ތުހުމަތު ސާބިތުނުވެ މައްސަލަ ފައިލްކޮށްފައި ވަނިކޮށް، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ކުށެއް ހިނގާފައި ނެތްކަން ތަހުގީގީ އިދާރާތަކަށް ކަށަވަރުވެފައިވާ ދަނޑިވަޅެއްގައި ފަނޑިޔާރުން ވަކިކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އެފަދަ ފިޔަވަޅެއް އެޅި މައްސަލައިގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު