އައްސޭރިފަށުގެ ހިމޭން މާހައުލެއްގައި ހުންނަ ޒީނަތްތެރި ގޭގެ ދޮރޯށި ހުޅުވާލުމަށްފަހު ދެބައި އުމުރުގެ ދުވަސްތައް ފަހަނައިޅައި ގޮސްފައިވަ އުމުރުން 55 އަހަރުގެ ފާއިޒް ނުހަނު ވަރުބަލިކަމާއެކު ވަނެވެ. ދުވާލު މުޅި ދުވަހު އޮފީހުގެ ހާސްކަމާއި މަސައްކަތުގެ ބުރަ ތަހައްމަލުކުރުމަށްފަހު، އޭނާ އަބަދުވެސް އުއްމީދު ކުރަމުން އަންނަނީ ގެއިން ލިބިދޭނެ ހަމަޖެހުމަށާއި، އަނބިދަރިންގެ ލޯބިވެތި ހިތްވަރުދޭ ފަދަ ބަސްތަކަށެވެ. ފާއިޒްއަކީ މުޅި ރައްޖެއަށް ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެމުންދާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ޗީފް އިންޖިނިއަރެވެ. އެއހެންކަމުން އޭނައަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބެއެވެ. ގޭގެ ކުއްޔާއެކު ގާތްގަޑަކަށް މަހަކު 60 ހާސް ރުފިޔާގެ ޚަރަދު ކުރަމުން ދިޔަޔަސް ފާއިޒަށް އެއީ މާ ބޮޑު ހާސްކަމެއް ހުރި ކަމެއް ނޫނެވެ. އެހެންނަމަވެސް ފާއިޒަށް އޮތް ނުތަނަވަސްކަމާއި މާޔޫސްކަމަކީ އޭނައަށް ގޭތެރެއިން އެއްވެސް ހިތްހަމަޖެހުމެއް މިހާރު ލިބެން ނެތުމެވެ. ލޯބިވާ ދަރިން ތިބި ކަމަކު އެގެއަށް ވަންނައިރަށް އަނބިމީހާގެ ވިހަގަދަ ބަސްތަކުން މީހާ ބޯހާސްކުރުވައެވެ. އެހިސާބު ދަރިންނާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރާނެ ފުރުސަތެއް ފާއިޒަކަށް ނުލިބެއެވެ.
ބޭރުފުށުން ބަލާއިރު، އެއީ ހުރިހާ ގޮތަކުންވެސް ފުދުންތެރި، އުފާވެރި އާއިލާއެކެވެ. ނަމަވެސް، ގެއިން އެތެރެއަށް ވަދެލީމާ ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކައިވެނީގެ 20 އަހަރު ފާއިތުވެގެން ދިޔައިރު، އެމީހުންގެ ދެމެދުގައި އޮތް ލޯތްބާއި ގާތްކަން މަޑުމަޑުން ފަޅައިގެން ގޮސް، ދުރުކަމަކާއި ހިމޭންކަމެއް ވަނީ ޢާއިލާގެ މާހައުލަށް ވެރިވެފައެވެ.
ފާއިޒް ގެއަށް ވަންނައިރު ވެސް ލިވިންގ ރޫމުން ފެންނަނީ ޓީވީގެ އަލިކަމެވެ. އޭނާގެ އަނބިމީހާ މިހާރު އުމުރުން 48 އަހަރުގެ ޒިޔާދާ ޓީވީއަށް ނަޒަރު ހުއްޓައިގެން އިނެވެ. އޭނާއަށް ފިރިމީހާ އައިސް ވަދެގެން އައިކަމުގެ އެއްވެސް އިހުސާސެއްނެތްފަދައެވެ. ފާއިޒް ވަރުބަލިކަމާއެކު އައިސް ސޯފާއަށް ވެއްޓިގަތެވެ.
ޒިޔާދާ ޓީވީއަށް ބަލަހައްޓައިގެން އިނދެ، އާދައިގެ މަތިން ފާއިޒުއާ ސުވާލުކުރަން ފެށިއެވެ. "އާދެވިއްޖެ ދޯ؟ ކީއްވެ މިހާ ލަހުން ތިއަންނަނީ؟ ކޮންތާކުންތަ ތިޔައައީ؟ މިހާރުވެސް އަހަރުމެން ކައި ނިމުނުތާ އެތައް އިރެއް. މިހާރަކަށްއައިސް ހާދަ ލަހުންނޭ ގެއަށް ތިއަންނަނީ. މިކަން އާދައަކަށް ވެއްޖެ." ޒިޔާދާ ފަތްޗަކަށް އަމުނާލިއެވެ.
ފާއިޒްގެ މޫނުމަތިން ވަރުބަލިކަމާއި ހިތްހަމަނުޖެހުން ފާޅުވެއެވެ. އޭނާ ހިމޭނުން ފުން ނޭވައެއް ލިއެވެ.
ވަރަށް ދެރަވެ، ވަރުބަލިކަމުގެ އަޑަކާއެކު ބުންޏެވެ. "އޮފީހުން. މަސައްކަތް ގިނައީ މިހާރަކަށް އައިސް. ޒިޔަދާއެއް އެނގެއެނުން މާލެގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭކަން. އެކަންތައް އަދިވެސް ހައްލު ނުވެގެން މިއުޅެނީ. އެކީ ހައްލުވޭތޯ މިއުޅެނީ"
" ކާން ހަނދާނެއް ނުހުރޭތަ؟ އަދި މިގޭގެ ކިތަންމެ ކަމެއް ނުކުރެވި މިހުރީ އަހަރެން އެކަނި މާއެކަނި ކިހިނެއް ހުރިހާ ކަމެއް ކުރާނީ؟" ޒިޔާދާގެ އަޑު އިތުރަށް ބާރުކުރިއެވެ.
ފާއިޒު ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ބަނޑުހައި ކަނަމަތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. "އަހަރެން ހިތަށް އެރި މާލަހުން އާދެވޭތީ ތަނަކުން ކައިގެންނޭ އަންނާނީ،އެކަމަކު ގޭގައި ކާން ހަދާފައި ހުރެދާނެކަމަށް ހީކޮށް މިއައީ" ފާއިޒް މަޑުމޮޅި ކަމާއެކު ބުނެލިއެވެ.
"އޯ މަށަށް އިނދެވޭތަ ކާން ހަދައިގެން ރޭގަނޑު ދަންވަންދެން އިންތިޒާރުގައި؟" ޒިޔާދާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
ފާއިޒްގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ޒިޔާދާގެ އަނގައިން ނުކުތް އެއްވެސް ބަހެއްގައި އޭނާއަށް އޮތް އޯގާތެރިކަމެއް ނެތެވެ. "މީގެ ފަހުން ގެއަށް ލަހުން އާދެވޭނަމަ އަންނާނީ ބޭރުން ކައިގެން" ފާއިޒްގެ ހިތަށް އެރިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ، ހިމޭނުން ކޮޓަރިއަށް ވަދެގަތެވެ. އެހިސާބުން ފެށިގެން، ދެމަފިރިންގެ ދެމެދުގައި ވާހަކަ ދެއްކުން މަދުވެ، ހިމޭންކަމުގެ ފަރުދާއެއް ވެއްޓުނެވެ. މި ގޭތެރެއިން ލޯބީގެ ވަސް ނައްތާލައި، ދެމަފިރިންގެ ދެމެދުގައިވާ ދުރުކަން ދަރިންނަށްވެސް، ދޮށީ ދަރިފުޅު ޒަޔާން އާއި އަންހެން ދަރިފުޅު ޒީކް އަދި ހަނގު ދަރިފުޅު ޒައިން އަށްވެސް އިހުސާސް ކުރެވެއެވެ. އެއީ ތިންކުދިން އުމުރަކީ 18، 15 އަދި 10 އަހަރެވެ.
ޒިޔާދާއި ފާއިޒުއާއި ދެމެދު މައްސަލަތައް ދިމާވާން ފެށީ ހަނގު ދަރިފުޅު ޒައިން، ލިބުނު ފަހުންނެވެ. ޒިޔާދާގެ މުޅި ދުނިޔެއަކީ ދަރިންނާއި ފާއިޒް ކަމުގައި ހެދިއެވެ. އަމިއްލަ ނަފްސު، އަމިއްލަ ޝައުޤުތައް ހަނދާން ނައްތާލިއެވެ. ދަރިން ބެލުމުގެ ހުޅުފަތުގައި އެކަނި ހުރި ކަމަށް އޭނާއަށް ހީވިއެވެ. ފާއިޒްގެ ހިތްވަޅޯރާލާފައިވަނީ ޒިޔާދާގެ ކޮންޓްރޯލްކުރުންތަކާއި، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް އޭނާގެ ފަހަތުން ޖެހި ސުވާލުކުރާ އާދަތަކުގެ ސަބަބުންނެވެ. ޕާރުސަލެއް ފޮނުވައިގެން އޭގެ ފަހަތުން ބަލާހެން، ދުވާލު ހަތަރުދަމު ފާއިޒްއަށް ގުޅައި މެސެޖުކުރުމަކީ ޒިޔާދާގެ އާދައެކެވެ. ފާއިޒްގެ ހިތުގައި ހިނގަމުންދިޔައީ: "އަހަރެންނަކީ އޭނާގެ އަނބިމީހާ، ކަސްޓަމަރ ކެއަރއެއް ނޫން. އަހަންނަށް އަމިއްލަ ޖާގައެއް، އަމިއްލަ ވަގުތެއް ބޭނުންވެއެވެ."
ޒިޔާދާ އަމިއްލަ ނަފްސަށް ލިބިފައިވާ ފަރުވާ ނުލިބުމުގެ ސަބަބުން، އޭނާގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ފާއިޒްއާ ގުޅުވައި، އޭނާގެ މުޅި ހަޔާތުގެ މަރުކަޒަކީ ފާއިޒް ކަމުގައި ހެދިއެވެ. ކޮންމެ ކަމަކީ ފާއިޒްގެ ރަނގަޅުކަމަށް ބިނާވެފައިވާ ކަމެއް ކަމުގައި ދެކެއެވެ. "މި އިސްތަށިގަނޑު ކަމުދޭތަ؟" ނުވަތަ "މި ހެދުން ރީތިތަ؟" ފަދަ ސުވާލުތައް އޭނާ އަބަދުވެސް ކުރެއެވެ. ފާއިޒް ރުޅިއައީމާވެސް، ޒިޔާދާއަށް ހީވަނީ އޭނާއަށް ކޮންމެވެސް އެއްޗެއް ވެގެންހެންނެވެ. ޒިޔާދާގެ މި އާދަތަކުން ފާއިޒްއަށް ބޮޑު ބުރައަކަށް ވެފައިވެއެވެ. ޒިޔާދާ އަމިއްލަ ވަޒީފާއެއް ދޫކޮށްލާފައި ގެއަށް ވެންނެގި ފަހުން، އޭނާގެ އަމިއްލަ އާމްދަނީއެއްވެސް ނުހުރެއެވެ. ކޮންމެ ކުޑަ ކަމަކަށްވެސް ފައިސާ ހޯދަން އެދެންޖެހެއެވެ. "ފިރިމީހާ އަތުން ކޮންމެ ފަހަރަކު ފައިސާއަށް އެދުމަކީ މަށަށްވެސް ކަމުދާ ކަމެއް ނޫން" އޭނާގެ ހިތަށް އަރައެވެ. މިކަންކަމުން ފާއިޒްގެ ހިތުގައި ޒިޔާދާއަށް އޮތް އިޙްތިރާމާއި ލޯބި މަޑުމަޑުން ކުޑަވަމުން ދިޔައެވެ.
ޒިޔާދާގެ އެންމެ ގާތް ރަހުމަތްތެރިޔާ، މަރިޔަމް، ދެމަފިރިންގެ ދިރިއުޅުމުގެ މި ހާލަތު ފެނި ކަންބޮޑުވެއެވެ. މަރިޔަމް ވަރަށް ގިނަ ފަހަރު ޒިޔާދާއަށް ލަފާދޭން މަސައްކަތްކުރިއެވެ.
މަރިޔަމް މިފަހަރު ވަރަށް ވިސްނުންތެރި ކަމާއެކު ޒިޔާދާގެ ގާތަށް އައިސް، ވަރަށް ދެރަވެފައި ހުރެ ބުންޏެވެ. "ޒިޔާދާ، ތި އުޅޭ ގޮތް ރަނގަޅެއް ނޫން. ޒިޔަދާގެ އަމިއްލަ ނަފްސަށްވެސް ބަލާލަން ޖެހޭނެއެއްނު. ހުރިހާ ކަމަކަށް ފާއިޒްއަށް ބަރޯސާވެގެން އުޅުމަކީ ގުޅުމަށް ރަނގަޅު ކަމެއް ނޫން. އެހެން ނޫނަސް ފާއިޒަކީ ޗީފް އިންޖިނިއަރެއް މުޅި މުޅި މާލޭގެ ކަރަންޓްގެ ޙިދުމަތް ސައުވީސް ގަޑިއިރު ދިނުމުގައި މުހިއްމު ދައުރެއް އަދާކުރަނީ އޭނާ. އެކަމަށް މިއަދު ފަޚުރުވެރިވެބަލަ. ޒިޔާދާ، ބައެއް ފަހަރު އިންޖީނެއް މައްސަލަ ޖެހިއްޖެނަމަ ވަރަށް ވަގުތު ނަގާނެ. އިރުއިރުކޮޅާ އޭނާއަށް ގުޅައި ޝަކުވާކުރުން އެމީހާ ކިހާ ބޯހާސްވާނެ. މިވާހަކަ މިދެއްކީ ތި ދެމަފިރިން އަބަދުވެސް އެކުގައި ވުމަށް އަހަރެން އެދޭތީ."
ޒިޔާދާ އިތުރަށް އައީ ރުޅިއެވެ. "މަރިޔަމް، މަ މި އުޅެނީ އޭނާއަށްޓަކައި ނޫންތަ؟ މަކުރަމުންއައި މަސައްކަތް ދުކޮށްލީ ކުދިން ބަލަން. ފިރިމީހާގެވެސް ޒިއްމާތަކެއް އޮވޭ ދޯ ކުދިންގެ ކަންކަމުގައިވެސް ހަމައެކަނި ފައިސާ ހޯދުމެއް ނޫން ދޯ."
"ކުދިން ބަލަން ޖެހޭނެ، އެކަމަކު އަމިއްލަ ނަފްސު ހަނދާން ނައްތާލާކަށް ނުޖެހޭ. ތިމަންނަގެ ހަޔާތުގައި އަމިއްލަ ހުވަފެންތަކެއް، އަމިއްލަ މަޤްޞަދުތަކެއް ހުންނަން ޖެހޭނެ. ކައިވެނިކުރުމަކީ ރިޓަޔަރމަންޓް ޕްލޭނެއް ނޫން. ފިރިހެނުންނަށް ކަމުދާނީ އަމިއްލަ ދިރިއުޅުމެއް އޮންނަ އަންހެނުން." މަރިޔަމް އިތުރަށް ޒިޔާދާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
ޒިޔާދާ މަރިޔަމްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޒިޔަދާ މިހާރު ހީކުރަނީ ފާއިޒް އޭނާދެކެ ލޯބިނުވަނީ ކަމުގައެވެ.
ދަރިންނަށްވެސް މައިންބަފައިންގެ ދެމެދުގައި ހުރި މައްސަލަތައް އިހުސާސް ކުރެވެއެވެ. ޒަޔާން އާއި ޒީކް ފުރާވަރަށް އަރައި ބޮޑެތިވީއިރު، އެމީހުންގެ މައިންބަފައިންގެ މައްސަލަތައް ފެނި ހިތާމަކުރެއެވެ. އެންމެ ހަގު ޒައިން އަށް މައްސަލައިގެ ބޮޑުކަން ނުވިސްނުނަސް، ގެއިން ލިބޭ ހަމަޖެހުމާއި އުފާވެރިކަން މަދުކަމުގެ އިހުސާސް ކުރެވުނެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ކުދިން ސްކޫލަށް ދިއުމަށް ތައްޔާރުވެފައި ތިއްބައެވެ. ފާއިޒް އަދި ޒިޔާދާ ދެމީހުންވެސް ތިބީ ވަރަށް ހިމޭނުންނެވެ. ހަމައެކަނި އަޑުއިވެނީ ދަރިންގެ މަޑުމަޑު ވާހަކަތަކެވެ.
ޒަޔާން ޒީކްކޮއްކޮ ކައިރީ ވަރަށް ހިމޭނުން ހުރެފައި ބުންޏެވެ. "މިހާރު އުފާވެރިކަމެއް މި ގެއަކު ނެތް. ބައްޕައާއި މަންމަ ގުޅުން ވަރަށް ގޯސް، ދޮންބެއަށް އަޑު އިވުނު މަންމަ ބައްޕަ އާއި ދިމާލަށް ތިމަންނަ ވަރިކުރާށޭ ބުނި އަޑު"
"އެހެން ނުވާނެއެއްނު. އަހަންނަށް ހީވަނީ މަންމަ ރުޅިގަދައީހެން މިހާރަކަށްއައިސް ބައްޕަ ގެއަށް ވަންނައިރަށް ކޮންމެ ފަހަރަކު މަންމަ ޝަކުވާކުރަނީ ހަޅޭލަވަނީ"
ޒިޔާދާ ދަރިންގެ ވާހަކަ އަޑުއަހާފައި ވަރަށް ދެރަވިއެވެ. އޭނާގެ ހިތުގައި ހީވީ ވަޅިއަކުން ހަރާލިހެންނެވެ. އޭނާއަށް ވިސްނުނެވެ، އޭނާގެ ދަރިންވެސް މި މައްސަލައިގެ އަސަރު ތަހައްމަލުކުރަމުންދާކަމެވެ.
ފާއިޒްއާއި ޒިޔާދާގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެ، ކައިވެނި ބޮއްސުލައިގެން ދާން ފެށިއެވެ. ކޮންމެ ދުވަހަކު ވެސް ޒިޔާދާ އޭނާގެ ހިތްވަރު މަރިޔަމްއާ ހިއްސާކުރެއެވެ.
"މަރިޔަމް، ފާއިޒްއާއި އަހަރެންގެ ދިރިއުޅުން މިހާރު މި އޮތީ ހަމަ ހަލާކުވެފާ. އަހަރެންނަށް ކުރީ ދުވަހު ބުނަންވެސް ބުނެވުނު އަހަރެން ވަރިކުރާށޭ. އޭނާ އަހަރެންނަށް ލޯތްބެއް ނުވާނެ. އެނގޭތަ؟ އޭނާ ވަނީ މަށަށް އިންޒާރު ދީފަ. ވަރިކުރާނެ ކަމަށް ބުނެފަ ހަގިގަތުގައި އަހަރެން ބޭނުމެއް ނޫން ފާއިޒްއާއި ވަކިވާކަށް." ޒިޔާދާ ވަރަށް އަސަރާއެކު ރޮމުން މަރިޔަމަށް ކިޔައިދިނެވެ.
މަރިޔަމް ޒިޔާދާއަށް ހިތްވަރުދީ، އަނެއްކާވެސް އަމިއްލަ ނަފްސަށް ބަދަލުތައް ގެނައުމަށް ބާރުއެޅިއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ޒިޔާދާގެ ހިތްހަމަނުޖެހުން ހައްދަށް ޖެހި، އޭނާގެ އަވަށްޓެރި، އުމުރުން ދުވަސްވެފައިވާ ހަރުދަނާ މާމައަކާ ވާހަކަ ދެއްކުމަށް ނިންމިއެވެ. މި މާމައަކީ ދިރިއުޅުމުގެ ތަޖުރިބާ ގިނަ، އެހެން މީހުންގެ ދިރިއުޅުމުގެ މައްސަލަތަކަށް ބުއްދިވެރި ލަފާދޭ މީހެކެވެ.
ޒިޔާދާ މާމަގެ ގާތުގައި އިށީނދެ، ދެލޮލުން ކަރުނަ ފައިބަމުން، ހިތުގެ ހުރިހާ ވޭނެއް ބޭރުކުރަންފެށިއެވެ.
"މާމާ، އަހަރެން ހާދަ ދެރަވެއްޖެއޭ. ފާއިޒް މިހާރު އަހަރެންނާ ވަރަށް ދުރުވެއްޖެ ކުރިން އޮތް ކަހަލަ ގުޅުމެއް ނެތް. މިހާރު އަހަރެން ހީވަނީ އޭނާއަށް މުހިންމު ނޫންހެން. އަހަރެމެންގެ ކައިވެނި މިހާރު މިވަނީ ބޮއްސުލައިގެން ގޮސްފަ. އޭނާ ބުނި ވަރިކުރާނަމޭ ވެސް އެއީ އަހަރެންނަށްވެސް ރުޅިއައިދްގެން މީގެ ކުރިން ބުނެވުނު ވަރިކުރާށޭ ހަގީގަތުގައި އަހަރެން ބޭނުމެއް ނޫން ފާއިޒްއާއި ވަކިވާކަށް."
ޒިޔާދާ އެވަގުތު ވަރަށް ތަފްސީލުކަން ކަންކަން ވަމުންދިޔަގޮތާއި އޭނާއަސް ކަންތައް ކުރެވެމުންއައިގޮތަ ވަރަށް ތަފްސީލުކޮށް އެ މާމައަށް ކިޔައިދިނެވެ. މާމަ ޒިޔާދާގެ ވާހަކަތަކަށް ކަނުލާ އަޑުއެހިއެވެ. އަދި ވިސްނާލުމަށްފަހު ހަމަޖެހިލާފައި ވާހަކަ ދައްކަންފެށިއެވެ. މާމަ ވަހަކަ ދައްކަންފެށީވެސް ދަރިފުޅާއޭ ކިޔާފައެވެ.
ދަރިފުޅާ، ބަދަލުވާން ބޭނުންނުވާ ފިރިހެނަކު އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު، އަމިއްލަ ނަފްސަށް ބަދަލު ގެނެސްގެން އޭނާގެ ހިތް އަލުން ހޯދިދާނެ. މާމަ މިބުނާ ބާރަ ނުކުތާ އަމިއްލަ ހަޔާތަށް ނިކަން ގެނެސްލާ ބަލަ."
ކެތްމަދުވެފައިހުރި ޒިޔާދާ ހިތްއަވަސްވެގަތެވެ. "އަވަހަށް ކިޔާދީ ކޮންމެގޮތެއްވިޔަސް މަމަ ތިބުނާ ގޮތަކަށް ކަންތައް ކުރާނަން"
"ކަނުލައި އަޑު އަހާތީ، އަދި މިގޮތަށް އަމަލު ކުރާތި!"
ފުރަތަމަ ކަމަކަށް ދަރިފުޅުގެ ދުނިޔޭގެ މަރުކަޒަކީ ފިރިމީހާ ކަމުގައި ހެދުން ހުއްޓާލާ. ދަރިފުޅުގެ ހަޔާތުގެ އެންމެ މުހިންމު މީހަކަށް އަބަދުވެސް ވާންޖެހޭނީ ދަރިފުޅު އަމިއްލައަށް. ވަރަށް ގިނަ އަންހެނުން ކައިވެންޏަށްފަހު އަމިއްލަ ނަފްސު ހަނދާން ނައްތާލާ. ދަރިފުޅު ވެސް އެކަން ކުރަނީ ކަންނޭނގެ."
"އާނ، މާމާ. އަހަންނަށް ހީވަނީ ތިމާމަ ބުނާ އެއްޗެއްގައި ހަޤީޤަތެއް އެބަހުރިހެން. އަހަރެންގެ މުޅި ހަޔާތަކީ ފާއިޒް ކަމުގައި ހަދާފައި ހުރީ. އެކަން ކަށަވަރުވެއްޖެ މިހާރު." ޒިޔާދާ ވިސްނާލަމުން، އަސަރާއެކު ބުނެލިއެވެ.
"ދެވަނަކަމަކަށް ޕާރުސަލެއް ފޮނުވައިގެން އެއަށް ވިނުވީއެއް ބަލާހެން، ދުވާލު ހަތަރުދަމު ފިރިމީހާއަށް ގުޅައި މެސެޖުކުރުން ހުއްޓާލާ. ދަރިފުޅަކީ އޭނާގެ އަނބިމީހާ، ކަސްޓަމަރ ކެއަރއެއް ނޫން. އޭނާއަށް އަމިއްލަ ވަގުތު ދީ، ދަރިފުޅު މަތިން ހަނދާންވާނެ ފުރުޞަތެއް ދީ. ފިރިހެނުންނަށް ބޭނުންވާނެ އެމީހުންގެ އަމިއްލަ ޖާގައެއް. އެހެން ނޫނަސް ދަރިފުޅުގެ ފިރިމީހާ އަދަކުރާ ވަޒީފައަކީވެސް އެހާ ޒިއްމަދާރު އެތަށް ބަޔަކު އިސް ވެސް ހުރި ޒިއްމާރު ވަޒީފާއެއް އިރު އިރުކޮޅާ ގުޅައި މެސެޖުކުރީމާ ވާނެ އުދަގޫ ވިސްނާލަންވާނެ."
އެވާހަކަ އަޑުއަހާފައި ހަގީހަތުގައިވެސް ޒިޔާދާ ލަދުގެންފިއެވެ. އޭނަ ބޯވަތަށް ޖަހާލަމުން ބުންނެވެ. "އަހަރެން ހަމަ ބެލީ އޭނަ ކޮންޓްރޯލް ކުރެވޭތޯ؟ އޭނާ ކޮންމެ ތާކު ހުއްޓަސް މަގޭ ހިތަށް އަރާނެ އޭނާ ކީއްކުރަނީ ބާއޭ؟ އެކަމަކު މިހާރު ވިސްނިއްޖެ އަހަރެންނަށޑް ވިސްނުނީ މުޅިން ގޯސްކޮށްކަން."
ތިންވަނަކަމަކަށް 'މި އިސްތަށިގަނޑު ކަމުދޭތަ؟' ނުވަތަ 'މި ހެދުން ރީތިތަ؟' އޭ މިޒަތުގެ ކޫސަނި ސުވާލު ފިރިމީހާ ގާތު އެހުން ހުއްޓާލާ. ދަރިފުޅަށް ކަމުދަންޏާ އެ ނިމުނީ. އޭނާއަށްވެސް ކަމުގޮސްގެން އެނަ އަމިއްލައަށް ބުނެފިނަމަ އެއީ އިތުރު އުފަލެއް. ދަރިފުޅަށް ރީތިކަމުގެ އިހުސާސްވާ ކަންތައްތައް ކުރާށެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކުރޭ."
"އާނ. އަހަރެން މީގެ ކުރިން އޭނާ އެހާ ބުރަކޮށް އުޅޭއިރުވެސް ވިސްނާނުލާ އޭނައަށް އުދަގޫ މިކުރަނީ އަމިއްލައަށްވެސް ކުރެވިދާނެ ކަންކަން ނުކޮށް. އެއީ އަސްލު އޭނަވެސް އެހަ ރަނގަޅުވީމާ. އޭނަ އެކަމެއް ބުނާއިރަށް ކުރަމުންއައީ. ފަހުންފަހުން ގޭގައި ގަިނަވަގުތު ނުހުރޭ. އަމިއްލައަށް ކަމުދާ ކަންތައްތައް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަން މިހާރު ވިސްނިއްޖެ." ޒިޔަދާގެ ވިސްނުން ދިޔައީ މަޑުމަޑުން ބަދަލުވަމުންނެވެ.
ހަތަރު ވަނަ ކަމަކަށް " ފިރިމިހާ ގޭގައި ހުންނަ ވަގުތު އޯގާތެރިވޭ. ކޮންމެ ކަމެއް ބޮޑު ދެބަސްވުމަކަށް ހަދާކަށް ނުޖެހޭ. އަބަދުވެސް ބުއްދި އިސްކުރޭ. ގޭތެރެއަކީ އެންމެނަށްވެސް ހަމަޖެހުން ލިބޭ ތަނަކަށް ހަދަން މަސައްކަތް ކުރޭ ހައްސަކޮސް ތިމަގެ ފިރިމީހާ ވަޒީފާގެ ބުރަބޮޑު މަސްޢުލިއްޔަތު ކޮނޑުގަ އަޅައިގެން އެ ވަރުބަލިކަންމަތި ގެއަށް އައިސް ވަންނަ ވަގުތު އެމީހާށް އޯގަތެރިވޭ. ޝަކުވާ ނުކުރޭ."
"އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް. ޔާ ﷲ މިއަޅާގެ ފިރިމީހާގެ ކިބައިން މައަޅާއަށް މާފްކޮސް ދިނުމުގެ ހިޔޮތައުފީޤް މިންވަރުކޮށްދެއްވައިފާނދޭވެ. އާމީން" ޒިޔަދާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. މާމަ އޭނަގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. "ދަރިފުޅު ނުރޮއެ ހުއްތާލާ ހިތްވަރުކުރޭ! އިސާހިތަކު ހުރިހާކަމެއް ބަދަލުވާނެ. އިންޝާ ﷲ"
"މާމަ އަހަރެން މަސައްކަތް ކުރާނަން. އަހަންނަށް އެނގޭ އަހަރެންގެ ރުޅިގަދަ މިޒާޖުގެ ސަބަބުން ގިނަ މައްސަލަތައް ދިމާވާކަން. ޚާއްސަކޮށް ފާއިޒް ވަރުބަލިކަމުން އަންނައިރު އަހަރެން ހަމަ ކޮންޓްރޯލްނުކުރެވޭ."
"ފަސްވަނަ ކަމަކަށް، ދުވަހަކުވެސް އަމިއްލަ ވަޒީފާ ނުވަތަ މަސައްކަތް ދޫކޮށްނުލާ. ލޯތްބަކީ ފޮނި އެއްޗެއް، އެކަމަކު ހުރިހާ ކަމަކަށް އެހެން މީހަކަށް ބަރޯސާވުމަކީ ވޭނަކަށް ވެދާނެ. ދަރިފުޅުގެ އަމިއްލަ މުސްތަޤުބަލުވެސް ރައްކާތެރިކުރޭ. އަމިއްލަ ފައިސާ ހޯދުމަކީ ބާރެއް."
ޒިޔާދާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. މާމައިނގޭތަ؟ މަގޭ ހޮބީއެއް ކޭކުއެޅުން ކައިވެނި ކުރުމުގެ ކުރިން އެކަންކޮށް އުޅުނިން އެކަމަކު ފުރަތަމަ ދަރިފުޅު ލިބުނު ފަހުން މަގޭ މުޅި ވަގުތު ހޭދަކުރަނީ ކުދިން .މުޅި ވަގުތު ހޭދަކުރަނީ ކުދިން ބެލުމުގައި. ލާރިވެސް ލިބޭ އޭރު."
"އާނ، ދަރިފުޅާ. ކުދިންނަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަކު އަމިއްލަ ނަފްސަށް ހޮބީއަކަށް ނުވަތަ މަސައްކަތަކަށް ވަގުތު ހުސްކުރުމަކީ ދަރިފުޅުގެ އަމިއްލަ ނަފްސުގެ ހަމަޖެހުމަށްވެސް ވަރަށް ރަނގަޅު ކަމެއް. އަމިއްލަ އާމްދަނީއެއް އޮތުމަކީ އަމިއްލަ ނަފްސަށް ލިބޭ އިތުރު ބާރެއް." މިހެން ބުނުމަށް ފަހު މަމަ ކުރިގެންދިޔައެވެ.
"ހަވަނަކަމަކަށް، ދަރިފުޅު އަމިއްލަ ނަފްސަށް އަޅާލަން ދަސްކުރޭ. ދަރިފުޅުގެ ރީތިކަމާއި ސާފުތާހިރުކަމަށް ސަމާލުކަން ދީ. އެއީ ހަމައެކަނި ފިރިމީހާ ކަމުދިޔުމަށްޓަކައި ނޫން، އަމިއްލަ ނަފްސަށްޓަކައި. އަންހެނެއްގެ ދިރިއުޅުމުގައި ރީތިވެލުމަކީ ހަމަޖެހުމެއް ލިބޭ ކަމެއް." ޒިޔާދާ ހުރީ ވަރަށް ވިސްނުންތެރި ކަމާއެކު ވަރަށް އަޒުމާ ޖޯޗާއެކު އެވާހަކަތައް އަޑު އަހާށެވެ.
"ހަތްވަނަކަމަކަށް، ފިރިމީހާއަށް ޝުކުރުވެރިވާން ދަސްކުރޭ. އޭނާ ކުރާ ކަންތައްތަކަށް ބަލާލާފައި ތައުރީފުކުރޭ. ބަސްބުނުމުގައި އޯގާތެރިވެ، މުޢާމަލާތްކުރުމުގައި ހިތްފަސޭހަ ގޮތްތައް އިޚްތިޔާރުކުރޭ. ނުވަތަ ދުލުން އެފަދަ ބަސްތައް ބޭރުކޮށް އޭނައަށް އިއްވައި ގުޅުން ބަދަހިކުރޭ."
"އަށްވަނަކަމަކަށް، ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތްކަން އަލުން އާލާކުރަން މަސައްކަތްކުރޭ. ކުދިން ތިބުމަކީ ހަމައެކަނި ދަރިންގެ މައިންބަފައިން ކަމަށް ވާންޖެހޭ ސަބަބެއް ނޫން. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ފަދައިން، ލޯބީގެ ގާތްކަން ދަމަހައްޓަން މަސައްކަތްކުރަންވާނެ."
"ނުވަނަކަމަކަށް، ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތުތައް އިތުރުކުރޭ. ކުދިންނާއެކު އެކަނި ނޫން، ދެމީހުން އެކަނި ބޭރުތެރެއަށް ނުކުމެވޭނެ ގޮތެއް ހޯދާ. އެކުގައި ފިލްމެއް ބަލާލުން ނުވަތަ ކޮފީ ބޯލަން ދިޔުންފަދަ ކަންކަން ކުރޭ."
"ދިހަވަނަކަމަކަށް، ދަރިންނަކީ ދަރިފުޅުގެ މުޅި ދުނިޔެ ކަމުގައި ހަދާކަށް ނުޖެހޭ. އެމީހުން ބޮޑެތިވީމާ އަމިއްލަ ދިރިއުޅުމެއް އޮންނާނެ. އެހެންވީމާ، ފިރިމީހާއާއި ދަރިންނާ ދެމެދު ހަމަހަމަ ގޮތަކަށް ވަގުތު ބަހާލާށެވެ."
"އެގާރަވަނަ ކަމަކަށް، ފިރިމީހާގެ އިޙްތިރާމާއި އިތުބާރު ހޯދަން މަސައްކަތްކުރޭ. ކޮންމެ ކަމަކީ އޭނާގެ ކޮންޓްރޯލްގައި ނުވަތަ އޭނާއަށް ބަރޯސާވެފައިވާ ކަމެއް ކަމުގައި ނުހަދާ. އަމިއްލަ ނަފްސުގެ ޤަދަރު ދަމަހައްޓާ."
"އެންމެ ފަހު ކަމަކަށް، މި ހުރިހާ ކަމެއްގައި ކެތްތެރިވެ، ހިތްވަރުގަދަ ކުރޭ. ބަދަލުތައް ގެނައުމަށް ވަގުތު ނަގާނެ. ހަމައެކަނި ތިދަރިފުޅުގެ މަސައްކަތުން ނޫން، ފިރިމީހާގެ ހިތް އަލުން ހޯދަން ދަރިފުޅު ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ. ދަރިފުޅުގެ ހިތްތިރިކަމާއެކު ބަދަލުތަކެއް ގެނެސްފިނަމަ، ފާއިޒްއަށް އެކަން އިޙްސާސްވާނެ. އެހިސާބުން އޭނާވެސް ބަދަލުވާން ފަށާނެ."
ޒިޔާދާ މާމަގެ ވާހަކަތަކަށް ކަނުލާ އަޑުއަހާފައި އިނދެ، އޭނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އަދި އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށީ ހިތްހަމަޖެހުމާއި އުއްމީދުގެ ކަރުނަ ކަމުގައި ވެއެވެ. އޭނާއަށް ވިސްނުނެވެ، މިހާތަނަށް އުޅެވުނީ ކިހާ ގޯސްކޮށް ކަމެވެ. މިހާރު އޭނާއަށް ވަނީ އާ އުއްމީދެއް ލިބިފައެވެ. އާ ދިރިއުޅުމެއް ފެށުމުގެ ހިތްވަރެއް ލިބިފައެވެ.
އެމާމަގެ އަގު ހުރި ނަސޭހަތަށް ފަހު ޒިޔާދާ އަޒުމު ކަނޑައެޅީ ދެފަރާތުގެ ލޯތްބާއި، އިތުބާރާއި، އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ކައިވެނީގެ ގުޅުން ދެމެހެއްޓުމަށެވެ. އެގޮތުން، އަމިއްލަ ގަދަރާއި އިޙްތިރާމަށް ބަދަލެއް ނުގެނެސް، ދެމަފިރިންގެ ގުޅުން ރަނގަޅުކުރަން އޭނާ މަސައްކަތްކުރިއެވެ. މިހާރު ޒިޔާދާއަށް ހީވަނީ އޭނާއަކީ އަލުން އުފަންވެފައިވާ މީހެއް ހެންނެވެ. އޭނާގެ ހިތުގައި ހިތްހަމަޖެހުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުން ވަނީ އާލާވެފައެވެ.
ޒިޔާދާގެ މި ބަދަލުތަކުން ފާއިޒް ވަރަށް ހައިރާންވިއެވެ. ކުރިން އޭނާއަށް ހީވީ ޒިޔާދާއަކީ ހަމައެކަނި އޭނާގެ ވަށައިގެން އުޅޭ، އަމިއްލަ ޝަޚްސިއްޔަތެއް ނެތް މީހެއްހެންނެވެ. ނަމަވެސް މިހާރު ޒިޔާދާއަށް އަމިއްލަ ދިރިއުޅުމެއް ލިބި، އަމިއްލަ ކަންތައްތައް ކުރާތަން ފެނުމުން، ފާއިޒްގެ ހިތުގައި އޭނާއަށް އޮތް ލޯތްބާއި އިޙްތިރާމް އަލުން އާލާވާން ފެށިއެވެ.
އެއްދުވަހެއްގެ ހަވީރެވެ. ފާއިޒް އޮފީހުން އައިސް ވަނީ ގެއަށް ވަދެލާހާ މަޑުމައިތިރި ހިނިތުންވުމަކާއެކުއެވެ. ޒިޔާދާ ސިޓިންގ ރޫމުގައި ކުދިންނާއެކު ވާހަކަ ދައްކަން އިނެވެ.
ފާއިޒް ޒިޔާދާގެ ގާތަށް އައިސް އޭނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. "ޒިޔާދާ، އަހަރެން މިއަދު އޮފީހުގައި އުޅޭއިރުވެސް ހަނދާންވީ. އަހަރެންމެ އުލުމާއި ގުޅުމަށް މިހާރު އަންނަމުންމިދާ ބަދަލުތައް، މިބަދަލަކީ އަހަންނަށް ވަރަށް ހަމަޖެހުން ގެނުވި ބަދަލެއް. އަހަރެން މާފަށް އެދެން ކުރިން ޒިޔާދާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުނުކަމަށްޓަކައި."
ޒިޔާދާ އެވަގުތު ފާއިޒްގެ އަތުގައި ހިފާލަމުން ބުނަންްފެށިއެވެ. "ނޫން ފާއިޒް، މީގެ ގޯސް ހެދުނީ އަހަންނަށް. އަހަންނަށް މިހާރު ކަންތައް ކުރެވުނީ ގޯސްކޮސްކަން އަހަންނަށް އިނގޭ. އެ މާމަގެ ލަފާ ނުލިބުނުނަމަ، އަހަރެމެންގެ ދިރިއުޅުން ހަމަ ހަލާކުވެގެން ދިޔައީސް. މިހާރު އަހަރެން އުފާވަނީ އަހަރެންނަށް އަމިއްލަ ނަފްސު އިސްލާހުކުރެވުނީމަ."
ދެމަފިރިންގެ ދޭތެރޭގައި އޮތް ދުރުކަން ނެތިގޮސް، ލޯތްބާއި ގާތްކަން އިތުރުވިއެވެ. ގޭތެރޭގެ މާހައުލު އުފާވެރިވެ، ދަރިންވެސް ބެލެނިވެރިންގެ މި ހެޔޮ ބަދަލުތަކުން އުފާވިއެވެ.
މަންމައާއި ބައްޕަ އުފަލާއިއެކު ވާހަކަދައްކަމުން ދިޔަ މަންޒަރު ބަލަން ދުރުގައި ތިބި ތިންކުދީންގެ ތެރެއިން ޒަޔާން އެނާގެ ކޮއްކޮ ޒީކްގާތު ބުނަންފެށިއެވެ.
"ބަލާބަލަ ޒީކް، މަންމައާއި ބައްޕަ މިހާރު ހާދަ އުފާވެރިއޭ ކުރިން އެމީހުން ވާހަކަވެސް ނުދައްކައެއްނު."
"އާނ! ދޮންބޭ، އަހަރެންވެސް މިހާރު މިހުންނަނީ ވަރަށް އުފަލުން. މިހާރު ގެއަކީ ހާދަ ހަމަޖެހޭ ތަނެކޭ." އެވަގުތު
ކުޑަ ޒައިންވެސް އެތަނުގައި ހުރެފައި މަންމައާއި ބައްޕަ ގާތަށް ގޮސް ސަކަރާތް ޖަހަންފެށިއެވެ.
"އަދި ކިރިޔާ ގެތެރޭއަށް ހަމަޖެހުމެއް މިއައީ،"
" އާނ ، ދޮންބެ ނިކަން ބަލާބަލަ ކޮއްކައަށް. ކިހާ އުފާ" ޒީކް ދޮންބެގެ ވާހަކަ އެއްބަސްވިއެވެ.
"އާނ، ދޮންބެއަށްވެސް މިހާރު ކުރެވެނީ ވަރަށް ތަފާތު އިހްސާސެއް. މިހާރު މިއޮތް ހަމަޖެހުމަކީ މިއިން ދުވަހެއްގައި މިގެއަށް އައި ހަމަޖެހުމެއް ނޫން. މިމަންޒަރު އަހަރެމެންނަށް ނުފެންނަތާ ކިތައްމެ ދުވަހެއްނު. އަލްހަމްދު ލިލާހި، މާތް ﷲ އަހަރެމެންގެ މައިންބައިފައިން އެގޮތުގައި ސާބިތުވެ ތިބުމުގެ ހެޔޮގޮތް މިންވަރުކަރައްވާށި" ޒަޔާން ﷲ ހަމްދުކޮށް ޝުކުރުވެރިވިއެވެ. އަދި އަބަދުގެ އަބަދަށް މައިންބައިންގެ ގުޅުން އެގޮތުގެ މަތީ ލެހެއްޓެވުމަށް މާތް ﷲ އަސް ދުޢާކުރިއެވެ.
ޒީކް އެވަގުތު ދުޢާގައި ބައިވެރިވެ، "އާމީން" ކިޔެވެ.
އާއިލީ ގުޅުން އަލުން ބަދަހިވެ، ގެއިން އުފާވެރިކަމުގެ ހިތްގައިމު ވަސް ދުވަން ފެށުމާއެކު، އެމީހުންގެ ދިރިއުޅުމަށް އާ ފަޒުތަކެއް ހުޅުވިގެން ދިޔައެވެ. ދަރިންގެ ކާމިޔާބީތަކާއި، ބެލެނިވެރިންގެ އުފާވެރިކަމުގެ ހެކިތައް ފެންނަމުން ދިޔައެވެ. ޚާއްޞަކޮށް އެމީހުންގެ އެންމެ ދޮށީ ދަރިފުޅު ޒަޔާންގެ އޭލެވެލް އިމްތިޙާނުގެ ނަތީޖާ އިއުލާންކުރުމަށްޓަކައި މުޅި އާއިލާ ކެތްމަދުވެފައި ތިއްބެވެ. ޒަޔާން ވަރަށް ބުރަކޮށް، ބާލިޣުވާ އުމުރުގައި ވިޔަސް، އޭނާގެ މައިންބަފައިންގެ ދެމެދުގައި ކުރިން ހުރި މައްސަލަތަކުގެ ސަބަބުން ދޭތެރެއިން އޭނާގެ ކިޔެވުމަށް އަސަރުކޮށްފައި ހުއްޓަސް، މިހާރުގެ ހަމަޖެހޭ މާހައުލާއެކު އޭނާ އިތުރު ހިތްވަރެއްގައި މަސައްކަތްކުރިއެވެ. ޒިޔާދާވެސް އަމިއްލަ ކޭކު ފިހުމުގެ ވިޔަފާރި ފަށާފައިވާތީ، ގެއިން އުފާވެރިކަމުގެ މީރު ވަސް އަބަދުވެސް ދުވައެވެ.
ހަމަސްދުވަސް ފަހެވެ. ދުވަހަކީ އެންމެންގެ ހިތްތަކުގައި ޚާއްސަ ނުތަނަވަސްކަމެއް އުފެދިފައިވާ ދުވަހެކެވެ. އެއީ ޒަޔާންގެ އޭލެވެލް އިމްތިޙާނުގެ ނަތީޖާ ލިބޭ ދުވަހަށްވާތީއެވެ. ޒިޔާދާއާއި ފާއިޒުގެ ހިތްތައްވެސް ވަނީ ނުތަނަވަސްވެފައެވެ. ނަމަވެސް އެދެމީހުން ދަރިފުޅުގެ ނަތީޖާ ރަނގަޅުވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެއެވެ. އޭލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ޒަޔާން ކުރި ގަދަ މަސައްކަތް އެ ދެމީހުންނަށް ފެނިފައިވާތީ، ދަރިފުޅަށް ފުރިހަމަ އިތުބާރުކުރެވުނެވެ.
ހެނދުނުގެ ނާސްތާއަށް ކާމޭޒުދޮށުގައި އެންމެން އެއްވެތިއްބާ، ޒަޔާން ހުރީ އޭލެވެލް އިމްތިޙާނުގެ ނަތީޖާ އިއުލާންކުރާ ގަޑިއަށް ޓެބްލެޓް ހިފައިގެން އޮންލައިންކޮށް ނަތީޖާ ބަލަން ތައްޔާރުވެގެންނެވެ. އެވަގުތު އޭނަގެ ދެ ކޮއްކޮ، ޒީކް އާއި ޒައިން، ދޮންބެއަށް ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް ބުނަމުންދިޔައެވެ. މަންމަ އާއި ބައްޕަވެސް ޔަޤީންކުރީ، އުއްމީދީ ނަތީޖާއެއް ދަރިފުޅަށް ލިބޭނެކަމަށެވެ. "އިންޝާﷲ، ދަރިފުޅުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ." ޒިޔާދާ ބުނެލިއެވެ.
މިވަގުތު ޒިޔާދާގެ ފޯނު ރިންގުވާން ފެށިއެވެ. ޒިޔާދާ ފޯނަށް ޖަވާބުދިނެވެ. "އައްސަލާމް އަލައިކުމް"
"ވަޢަލައިކުމުއްސަލާމް. ސީއެޗްއެސްސީ އިން މިގުޅާލީ، ޒަޔާންގެ މަންމަ ޒިޔާދާ ދެއްތޯ؟"
"އާދެ، އަޅުގަނޑުމީ ޒަޔާންގެ މަންމަ ޒިޔާދާ."
"މިއަދު ސްކޫލުން ދޭން މިއޮތީ ވަރަށްވެސް އުފާވެރި ޚަބަރެއް. އެންމެ ފަހުވަގުތު ޒަޔާން ކުރި ބުރަ މަސަކަތުގެ ނަތީޖާ ވަރަށްވެސް ފޮނި. މި އުފާވެރި ޚަބަރުދިނުމަށް މިގުޅާލީ، ވަރަށް ބޮޑަށް މަރުހަބާ ދަރިފުޅު ޒަޔާން އަދި ޒަޔާންގެ މަންމައާއި ބައްޕައަށް. މުޅި ރާއްޖެއިން ޒަޔާން އުޅެނީ ދެވަނައިގައި، ހުރިހާ މާއްދާއަކުން ވަރަށް ރަނގަޅަށް ފާސްވެފައިވަނީ. ނަތީޖާ ތަފްސީލާއެކު މިހާރު އޮންލައިންކޮށް ފެންނަން ހުންނާނެ. ނަތީޖާ ދޫކުރުން ހެނދުނު 09:30 އިން މެންދުރުފަހު 01:30 އަށް ކުރިއަށްދާނެ."
ޒިޔާދާއަށް އެވަގުތު އުފަލުންގޮސް ހުރީ ބަސް ހުއްޓިފައެވެ. "އަލްޙަމްދުލިއްލާހި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދެއްވި އުފާވެރި ޚަބަރަށް."
އެވަގުތަކީ އެ އާއިލާއަށް ލިބުނު އެންމެ އުފާވެރި ވަގުތެވެ. ޒަޔާން ރާއްޖޭގެ ޓޮޕް 10 ގެ ދެވަނަ ހޯދައިގެން މުޅި އާއިލާގެ ނަން ރަފުޢަތްކޮށްފިއެވެ. މި ޚަބަރާއެކު ފާއިޒްއާއި ޒިޔާދާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. އެ ދެމީހުން އެކަކު އަނެކަކަށް ބައްދާލާ، ދަރިފުޅަށް ތަހުނިޔާ ކިޔައި ހިތްވަރުދިނެވެ. މި ދުވަސްކޮޅަކީ ފާއިޒްގެ 56 ވަނަ އުފަންދުވަހަށްވެސް ދިމާވި ދުވަސްކޮޅެއްކަމުން، އާއިލާއިން ނިންމީ ދެ އުފާ އެއްކޮށް ފާހަގަކުރުމަށެވެ. ޒިޔާދާ އޭނާގެ ކޭކު ވިޔަފާރީގެ ތެރެއިން ވަރަށް ރީތި ބޮޑު ކޭކެއް ފިހުނެވެ. އަދި އާއިލާގެ އެންމެ ގާތް މީހުންނާއި ރަޙުމަތްތެރިންނަށް ދަޢުވަތުދީ، ކުޑަ ޙަފްލާއެއް ބޭއްވިއެވެ. މަރިޔަމްއާއި މާމަވެސް އާއިލާއާއެކު އުފާ ފާޅުކުރުމަށްޓަކައި ވަޑައިގެންނެވިއެވެ.
ހަފްލާގެ ތެރެއިން ޒަޔާން ވާހަކަދެއްކުމަށް އެދުނެވެ. އޭނާ މައިކް ބޯޅައަށް ވާހަކަދެއްކުމަށް ނެގުމާއެކު، އޭނާގެ ފަހަތުގައި ތިބި މަންމައާއި ބައްޕައަށް ބަލާލާ ހިނިތުންވެލިއެވެ.
ޒަޔާން: "މިއަދު މިއީ އަހަރެންގެ ދިރިއުޅުމުގެ ވަރަށް ޚާއްޞަ ދުވަހެއް. އަހަރެންގެ އޭލެވެލް ނަތީޖާއާއެކު، ރާއްޖޭގެ ޓޮޕް 10 ގެ 2 ވަނަ ހޯދުމުގެ އުފާވެރިކަން ހިއްސާކުރަން ލިބުނީމާ ވަރަށް އުފާވެއްޖެ. އަދި މިއަދު މި އުފާވެރި ދުވަހުގައި، އަހަރެންގެ ލޮބުވެތި ބައްޕައަށް 56 ވަނަ އުފަންދުވަހުގެ ތަހުނިޔާ އަދާކުރަން. ބައްޕާއަށް އުފާވެރި ދުވަހަކަށް އެދެން!"
ޒަޔާން ވާހަކަ ކުރިއަށް ގެންދިޔައީ އޭނާގެ މައިންބަފައިންނަށް ޝުކުރު އަދާކުރުމުގެ ރޫޙުގައެވެ.
ޒަޔާން: "މިއަދު އަހަރެން މި ހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އަހަރެންގެ މަންމައާއި ބައްޕަ. އެބޭފުޅުންގެ ޤުރުބާނީއާއި އެހީތެރިކަމުގެ ސަބަބުން މިކަން ހާސިލުވީ. ޚާއްޞަކޮށް، މަންމައާއި ބައްޕަގެ ދިރިއުޅުމުގައި އައި ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ ގެއަށް ލިބުނު ހަމަޖެހުމަކީ، އަހަރެންގެ ކިޔެވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މަންމަ އަމިއްލަ ވިޔަފާރިއެއް ފަށައި، އަމިއްލަ ނަފްސަށް އިތުބާރުކުރަން ފެށުމުން، އަހަރެންނަށް އިހުސާސްވީ އަހަރެމެންގެ މަންމައަކީ ކިހާ ހިތްވަރުގަދަ މީހެއްކަން."
ޒަޔާންގެ ވާހަކަ އަޑުއަހާފައި ފާއިޒްއާއި ޒިޔާދާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވުމުން، ދަރިންނަށް ލިބުނު ހަމަޖެހުން ޒަޔާންގެ ބަސްތަކުން ހާމަވެގެން ދިޔައެވެ.
ޒަޔާން: "ބައްޕަ އަދި މަންމަ، ތިޔަ ދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ތިޔަ ދެބޭފުޅުން ދިރިއުޅުމުގައި ކުރި ހުރިހާ ޤުރުބާނީއަކަށް އަހަރެން ވަރަށް އަގުވަޒަންކުރަން. އަހަރެމެންގެ ދިރިއުޅުމުގެ އެންމެހާ ކަމެއްގައި ދެމަފިރިން އެކުގައި ތިބެ، އެކަކު އަނެކަކަށް އެހީތެރިވުމަކީ ކިހާ މުހިންމު ކަމެއްކަން މިހާރު އިހުސާސްވޭ. އަލްހަމްދު ލިލާހި، މާތް ﷲ އަހަރެމެންގެ އާއިލާއަށް އަބަދުވެސް މި އުފާވެރިކަމާއި ހަމަޖެހުން މިންވަރުކުރައްވާށި."
ޒަޔާންގެ ވާހަކަ ނިންމާލުމާއެކު މުޅި ހަފްލާގައި ތިބި އެންމެން އަތްތިލަބަޑި ޖަހައި ތަރުހީބުދިނެވެ. ފާއިޒްއާއި ޒިޔާދާ ދަރިފުޅު ގާތަށް ގޮސް ބައްދާލިއެވެ. މި މަންޒަރު ފެނި ޒީކްއާއި ޒައިންވެސް ދޮންބެއަށް ތަހުނިޔާ ކިޔައި، އެމީހުންގެ އުފާވެރިކަން ފާޅުކުރިއެވެ. މަރިޔަމްއާއި މާމަވެސް މި އާއިލީ އުފާވެރިކަން ދެކެ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ޒިޔާދާގެ މޫނުމަތިން ފެނުނީ އަމިއްލަ ނަފްސަށް ލިބުނު އިތުބާރާއި، އާއިލާގެ ހަމަޖެހުމެވެ. އޭނާގެ ކޭކު ވިޔަފާރިވެސް ކުރިއަރަމުން ދިޔައެވެ. އަދި އޭނާގެ ދިރިއުޅުމުގެ އާ ބާބެއް ފެށިގެން ދިޔައެވެ.
ފާއިޒްއާއި ޒިޔާދާގެ ޒަވާޖީ ހަޔާތަށް އާ ރޯޝަންކަމެއް ލިބިގެން ދިޔައެވެ. މާމަ ބުނިހެން، ފިރިހެނުން ގުދުރަތީ ގޮތުން ބަދަލުވަނީ އެމީހުން ހަޤީޤީ މާނައިގައި އަގުވަޒަންކުރާ އަންހެނަކަށްޓަކައެވެ. އެއީ ހަޅޭއްލަވައިގެންނެއް ނޫން، އާދޭސްކޮށްގެންނެއް ނޫން، އަދި މަޖުބޫރުކޮށްގެންނެއްވެސް ނޫނެވެ. ޒިޔާދާގެ އަމިއްލަ އިސްލާޙުން، އޭނާގެ ފިރިމީހާގެ ހިތް އަލުން ހޯދައި، އާއިލީ ބަނދުން އިތުރަށް ބަދަހިކުރިއެވެ. މިހާރު އެމީހުންގެ ގުޅުން ބިނާވެފައިވަނީ ލޯތްބާއި، އިތުބާރާއި، އަދި ދެފަރާތުގެ އިޙްތިރާމުގެ މައްޗަށެވެ. މުޅި އާއިލާ އުފާވެރިކަމާއި ހަމަޖެހުމުގެ ތެރޭގައި ދިރިއުޅުން ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު