ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ރައްޔިތުންނަށް ހެޔޮއެދިގެން ކޮންމެ ކަމެއްވެސް ކޮށްދީފައިވަނީ މި ސަރުކާރުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވަނީ، މި ސަރުކާރުން ރައްޔިތުންނަށް ނުކޮށްދެނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

ފަލާހް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްނުދެވުމުގެ ނަތީޖާއަކީ ރައްޔިތުން އެމީހުން ވެރިކަމުން ބޭރުކޮށް، ވޭތުވެދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް އެންމެ 12 ގޮނޑި ދިނުމެވެ.

އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވި ނަމަ، މިއަދު ދިވެހި ރައްޔިތުން ތިބޭނީ ނުކައި ނުބޮއި އަދި ކަނު އަނދިރީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދާދިފަހުން ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގް މަތިކޮށްދިނީވެސް މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާތީ ކަމަށް ފަލާހް ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދައުލަތުގައި ކާނޭ ކާޑާއި ތެޔޮ ގަންނާނެ ފައިސާވެސް ނެތްކަން ފާހަގަކުރައްވަމުން، އިދިކޮޅު ސަރުކާރުތަކުން ނަގާފައިވާ އެތައް މިލިއަން ޑޮލަރެއްގެ ދަރަނި ދެއްކީވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެހެންކަމުން އެމްޑީޕީން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ފަލާހް އިތުރަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް