މި ސަރުކާރުން ރައްޔިތުންގެ ބުރަ ކުޑަކުރަމުންދަނީ އެއްވެސް ޓެކުހެއް ބޮޑުކުރުމަކާ ނުލާ، ގައުމުގައި ސިޔާސީ މިނިވަންކަން ދަމަހައްޓައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ބަދަލު ގެނައުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް ބޮޑުނުކޮށް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވެ ޒަރޫރީ ބޭނުންތައް ފުދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައްވެސް ހިންގަމުންދާކަމަށެވެ.
މީގެ ބަދަލުގައި، ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން، ކުރީގެ ސަރުކޫރުތަކުން ނަގާފައިވާ ބިލިއަން ޑޮލަރަށްވުރެ ގިނަ ދަރަނި މި ސަރުކާރުން ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތައް ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތަކަށް ބައްޓަންކުރެވިފައިވާކަމުގެ ހެއްކެއްކަމަށް ފަލާޙު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މުސާރަ އަށް ބަދަލު ގެނެސްފައިވަނީ ނައިބު ރައީސަށްވުރެ މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަކޮށް އޮތް އޮތުމަށް ނިމުން ގެނެސް، ދައުލަތުގެ ތިން ބާރުގެ ހަމަހަމަކަން ގާއިމުކުރުމުގެ މަގްސަދުގައި ކަމަށެވެ.
އަދި ވަޒީރުންގެ މުސާރައާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ވަޒީރުންގެ އަސާސީ މުސާރައަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. ނަމަވެސް، ކުރިން ކާރާއި ޑްރައިވަރާއި ތެލަށް ދެމުން އައި 7,000 ރުފިޔާގެ އެލަވަންސަކީ އެކަމަށް އެކަށީގެންވާ މިންވަރަކަށް ނުވާތީ، އެ އެލަވަންސް 17,000 ރުފިޔާއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މި ބަދަލަކީ ވަޒީރުންގެ މަސައްކަތުގެ ބުރަދަނާއި، ދަތުރުފަތުރުގެ ހަރަދުތަކަށް ބަލައި ހަމަޖެއްސި ބަދަލެއްކަމަށް ފަލާޙު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ، މި ސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ޖަލަށްލައި އަނދަގޮނޑި ޖަހާފައިނުވާކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނަކީ ވަކި އޯޑަރަކަށް ތަބާވާ "ބޮޓުން" ތަކެއް ނޫންކަމަށް ފަލާޙު ހާމަކުރެއްވިއެވެ. އެ މެންބަރުންނަށް މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން، އޭނާ ވަނީ އިދިކޮޅު ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މިނިވަންކަމަށް ހުރަސްތަކެއް ހުރިކަމަށް ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު