އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަސްމީ ރިޒާވްގައި މިހާރު ހުރީ އެންމެ ދެ ހަފުތާގެ އިމްޕޯޓަށް ފުދޭ މިންވަރުގެ ބޭރު ފައިސާއެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް އަވަސްއަވަހަށް ބަދަލުވަމުންދާތީ، ވެރިކަންކުރާ ޕީއެންސީއަށް އިތުބާރުކޮށް ވޯޓު ދިނުމުގެ އެއްވެސް މާނައެއް ނެތްކަން ރައްޔިތުންނަށް މިހާރު ސާފުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އެޅި ނަމަވެސް، އޭގެ އެދެވޭ އެއްވެސް ނަތީޖާއެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. އެގޮތުން، ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާއި، ފަހުން އެ އަދަދު 20 އިންސައްތަ އަދި 40 އިންސައްތައަށް ބަދަލުކުރި އެންގުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ނުރުހުމާއި އިހުތިޖާޖުތަކާ ގުޅިގެން، އަލަށް ތައާރަފުކުރަން އުޅުނު ޓެކްސްތައް ނުނަގަން ސަރުކާރުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި، ސިޔާސަތުތަކުގައި އެއްގޮތްވަންތަކަމެއް ނެތުމުގެ ސަބަބުން ރިޒާވް ހަލުވިކަމާއެކު ދަށަށް ދަމުންދާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވުމުން، ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ. ހުޅުދޫގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، އެ ރަށުގައި ބައެއް މުދަލުގެ އަގު 20 އާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށު ތެރޭގައި ފައިސާ ދައުރުވުން ހުއްޓި، ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވުމަކީ، މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ފުން އިޤްތިޞާދީ ހީނަރުކަމުގެ ސާފު ހެއްކެއް ކަމުގައިވެސް ވިދާޅުވިއެވެ.
އައްޑޫ ހުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން ކެމްޕޭނުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވަނީ ހުޅުދޫއަކީ އަބަދުވެސް އެމްޑީޕީގެ ފިކުރަށް ވަރުގަދަ ތާއީދެއް އޮންނަ ރަށެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރަށް ވޯޓު ދެއްވައި، ސަރުކާރުގެ ނާކާމިޔާބު ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ސާބިތު މެސެޖެއް ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު