ބޮލީވުޑްގެ މަޝްހޫރު ފަންނާނު ޝަބާނާ އަޒްމީ، ދީނާ ބެހޭ ގޮތުން އޭނާގެ ވިސްނުމާއި ހަނދާންތައް ޙިއްޞާކުރައްވަމުން، އޭނާއަކީ މުސްލިމެއް ކަމަށާއި ނަމަވެސް ނަމާދު ނުކުރާ ކަމަށް ބުނެފިއެވެ.
އައި.އައި.އެމް.ޔޫ.އެން ޗެނަލްގައި ވާހަކަދައްކަވަމުން އޭނާ ބުނީ، އޭނާގެ ބައްޕަ، އުރުދޫ ޝާއިރު އަދި ޅެންވެރިޔާ ކައިފް އަޒްމީއަކީ އެތީސްޓެއް (ދީނަށް އިންކާރުކުރާ މީހެއް) ކަމަށާއި، ނަމަވެސް މަންމަ ޝައުކަތު ކައިފް ދީނީ ކަންކަމަށް އާދަވެއުޅުނު ނަމަވެސް އެކަން ސީރިއަސްކޮށް ނުކުރާ ކަމަށެވެ.
ޝަބާނާ އިތުރަށް ބުނީ ޢީދު ދުވަހާއި، އުރުދޫ ބަހާއި، އެކިއެކި ކާނާތަކަށް ލޯބިކުރާ ކަމަށާއި، އަދި "މާޝާﷲ" ނުވަތަ "އިންޝާﷲ" ފަދަ ބަސްތައް ބޭނުންކުރެވުނު ނަމަވެސް، އޭނާގެ ފިރިމީހާ، މަޝްހޫރު ޅެންވެރިޔާ ޖާވީދު އަޚްތަރަކީ ދީނަށް މުޅިން އިންކާރުކުރާ މީހެއް ކަމަށެވެ.
އަދި ދީނީ ކަންކަމުން ހިތްހަމަޖެހުން ހޯދާ މީހުންނަށް އެކަން ކުރުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށް އޭނާ ދެކޭ ކަމަށާއި ދީނަކީ އަމިއްލަ ކަމެއް ކަމަށާއި ދައުލަތުން އޭގެ ތެރެއަށް ވަންނަން ނުޖެހޭނެ ކަމަށް ވެސް ޝަބާނާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު