މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ސަބަބުން، ދިވެހި އުފެއްދުންތަކުގެ އަގު އުފުލި، އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އީޖާދީ އައު އުކުޅުތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މައުރަޒު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބޭއްވި އިނާމު ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރުގެ އިޤްތިޞާދީ ޚާއްޞަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްޓަކައި ރޭވިގެން ކުރިއަށްގެންދެވޭ ބިނާކުރަނިވި މުހިންމު ހަރަކާތެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ 15 އިންސައްތައަކީ އުފެއްދުންތެރި އިޤްތިޞާދު (ކްރިއޭޓިވް އިކޮނޮމީ) ކަމުގައި ހެއްދެވުމެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އިޤްތިޞާދުގެ މައިގަނޑު އަސާސްތަކާ ގުޅުވައިގެން އެކި ދާއިރާތައް ފުޅާކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭ ވަށާޖެހޭ އިޤްތިޞާދީ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމުގެ ގޮތުން، މި އަހަރުގެ މައުރަޒުގެ ދާއިރާތައް ނުވަތަ ޑިސްޓްރިކްޓްތަކުގެ އަދަދު ހަތަކަށް އިތުރުކޮށް، މުޅިން އަލަށް 'ވިޒިޓާ އިކޮނޮމިކް ޑިސްޓްރިކްޓް' އަދި 'އިންޓަނޭޝަނަލް ޑިސްޓްރިކްޓް' ހިމަނާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ބައިވެރިކުރާ ޒަމާނީ ވަސީލަތްތަކާއި އީޖާދީ ޓެކްނޮލޮޖީގެ ސަބަބުން، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް، ދުނިޔޭގެ ބާޒާރާ ގުޅުވައިލުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު 240 ފަރާތަކުން 2,467 އުފެއްދުން ބައިވެރިކުރި ނަމަވެސް، މިއަހަރު 600 ފަރާތަކުން 4,400 އަށްވުރެ ގިނަ އުފެއްދުން ހުށަހަޅާފައިވާ ކަމަށެވެ. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތައް ޝާމިލުވާ ގޮތަށް އުފެއްދުންތެރިކަމުގެ ދާއިރާއިން ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު