ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގައުމަށް ފޮނުވާ ފައިސާ ނުވަތަ ރެމިޓެންސްގެ މިންވަރު ދަށަށް ދިއުމާ ގުޅިގެން، ރާއްޖޭގައި ބަންގްލަދޭޝްގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކުން ބަލަން ދިރާސާކުރަން ފަށައިފިއެވެ.
ބަންގްލަދޭޝްގެ ބީއެސްއެސް ނޫސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން އެ ބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވީ، ނިމިދިޔަ 2025/26 ވަނަ މާލީ އަހަރު ރާއްޖޭން ބަންގްލަދޭޝްއަށް ފޮނުވި ރެމިޓެންސްގެ އަދަދު ވަނީ 118 މިލިއަން އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފައެވެ.
މިއީ އޭގެ ކުރީ މާލީ އަހަރު (2024/25) ލިބުނު 141.1 މިލިއަން ޑޮލަރާ އަޅާބަލާއިރު ސަތޭކައަކުން 16.4 އިންސައްތައިގެ ދަށްވުމެކެވެ
ރާއްޖޭގައި ބަންގްލަދޭޝްގެ 100,000 އަށްވުރެ ގިނަ މަސައްކަތްތެރިން އުޅެމުންދާއިރު، ރާއްޖޭގެ ބޭންކުތަކާއި އެކްސްޗޭންޖް ހައުސްތަކުން ދިވެހި ފައިސާ (ރުފިޔާ) ސީދާ ބަލައިގަތުމަށް ޖެހިލުންވާތީ، ގަވާއިދާ ހިލާފު މާރުކޭޓުތަކާއި 'ހުންޑީ' މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އާދަ މަސައްކަތްތެރިންގެ މެދުގައި ވަނީ އިތުރުވެފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު މުހައްމަދު މުސްތަގުރު ރަހްމާން ވަނީ އޮކްޓޯބަރު 8 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަށް ސިޓީއެއް ފޮނުއްވައި، ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރައްވަމުންނެވެ.
މި މަޝްރޫއުގެ ދަށުން ބަންގްލަދޭޝްގެ ބްރެކް ބޭންކު އާއި ނޭޝަނަލް ބޭންކުން ވަނީ ރާއްޖޭގައި ގޮފިތައް ހުޅުވުމާ ބެހޭ ފީސިބިލިޓީ ދިރާސާތަކެއް ކުރިއަށް ގެންގޮސްފައެވެ.
އަދި މިހާރުވެސް ސްރީލަންކާ، ޕާކިސްތާން އަދި އިންޑިއާގެ ބޭންކުތަކުން ރާއްޖޭގައި ހިދުމަތް ދެމުންދާކަން ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު