ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ހަރުދަނާ އަދި ރަނގަޅު ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވީ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ވައްޑޭ ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ އިންޑިއާއާ ވެސް، ޗައިނާއާ ވެސް އަދި ޕާކިސްތާނާ އެކު ވެސް ވަރަށް ބަދަހި، އަދި ހަމަހަމަ (ބެލެންސް) ގުޅުމެއް ދެމެހެއްޓެވި ސިޔާސަތެއް ކަމަށެވެ.
ވަކި ޤައުމަކަށް މާބޮޑަށް ބަރޯސާނުވެ، ޤައުމުތަކާ ގުޅުން ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ރައީސް މައުމޫނުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ވަކި އެއް ޤައުމެއްގެ "ތޮއްވަރިޔަށް ވަދެ ހުސްނުވުން" ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ނުޖެހޭ މިނިވަން ސިޔާސަތެއް އިޚްތިޔާރުކުރައްވައިގެން، ސަރަޙައްދީ ޞުލްޙަމަސަލަސްކަމަށް އެމަނިކުފާނު ބާރުއެޅުއްވި ކަމަށް ވެސް ވައްޑޭ ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައްޔާއި، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކާއި އަވައްޓެރި ޤައުމުތަކާ އެކު ވަރުގަދަ އަދި އިޙްތިރާމް ލިބިގެންވާ ގުޅުންތަކެއް ޤާއިމުކޮށްފައެވެ. ވައްޑޭ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އިންޑިއާއާއެކު އޮތް ހާރިޖީ ގުޅުން ހީނަރުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންގެންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު