އެކުވެރި ދައުލަތްތަކުގެ (ޔޫއެން) ޢާންމު މަޖިލީހުގެ މަތިވެރި މަންބަރުގައި ދިވެހިރާއްޖޭގެ ޤައުމީ ބަހުން އެންމެ ފުރަތަމަ އަދި މިހާތަނަށް އެންމެ ފަހުން ވާހަކަދެއްކެވި ތާރީޚީ ޚިޠާބަށް ދެ އަހަރުދުވަސް ފުރިގެން ދިޔައިރު، އެ ދުވަހުގެ މުހިންމު ހަނދާންތަކާއި ދިވެހިރާއްޖޭގެ ޚާރިޖީ އަދި އެތެރޭގެ ސިޔާސަތަށް އައި މުހިންމު ބަދަލުތަކުގެ ވާހަކަ އަނެއްކާވެސް މިވަނީ ތާޒާވެފައެވެ.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޔޫއެންގައި ދިވެހިބަހުން ދެއްވި މި ޚިޠާބަކީ ރާއްޖޭގެ ސިޔާސީ އަދި ޚާރިޖީ ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވާ ޚާއްޞަ ޞަފުޙާއެކެވެ. ޔޫއެން ޢާންމު މަޖިލީހުގެ އަހަރީ ބަހުސްގެ ދެވަނަ ދުވަހު ރައީސް މައުމޫން ދެއްވި މި ޚިޠާބު ފެއްޓެވީ، ވެނެޒުއޭލާގެ އޭރުގެ ރައީސް ހޫގޯ ޗާވެސް ދެއްވި ޚިޔާލުތަފާތުވުން ބޮޑު ތަޤްރީރަށްފަހުގައެވެ.
ދުނިޔޭގެ މަސްރަޙުގައި ނަފުރަތާއި ހައްދުފަހަނައެޅުން އިތުރުވަމުންދިޔަ ދަނޑިވަޅެއްގައި، އިސްލާމްދީނާމެދު އުފައްދާ ބިރުވެރިކަމާއި (އިސްލާމޯފޯބިއާ) ހައްދުފަހަނައެޅުމާ ދެކޮޅަށް އަދި ދުނިޔެއިން ނަފުރަތު ނައްތާލުމާ ގުޅޭގޮތުން ރައީސް މައުމޫން އެ ދުވަހު ދެއްކެވި ވާހަކަފުޅުތަކަކީ، މިއަދުގެ ދުނިޔެއަށްވެސް ނުހަނު ބޭނުންތެރި އަދި މުހިންމު ވާހަކަފުޅުތަކެކެވެ. ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ މެންދުރުފަހު ނިންމެވި މި ނިންމެވުމުގެ ސަބަބުން، ރާއްޖޭގެ އެތެރޭގެ މަޞްލަޙަތާއި ބައިނަލްއަޤްވާމީ މަސްރަޙު ގުޅުވައިދީ، ދިވެހި ޤައުމިއްޔަތާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔައެވެ.
މި ތާރީޚީ ޚިޠާބުގެ އެއްދުވަސް ކުރިން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އައި މުހިންމު ކުރިއެރުމެއްގެ ގޮތުން، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ދެ މުޢާހަދާ ކަމަށްވާ "އައިސީސީޕީއާރު" އަދި "އައިސީއީއެސްސީއާރު" ގައި ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ. މިއީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން، މި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގަތުމުގެ ކުރިން، 2006 ވަނަ އަހަރުގެ ޖުލައި މަހު ކޮލަމްބޯގެ ވެސްޓްމިންސްޓަރ ހައުސްގައި ބޭއްވުނު މަޝްވަރާތަކުގެ އެއްބަސްވުންތަކަށް އިޙްތިރާމްކުރެއްވުމުގެ ގޮތުން، އޭރު ބަންދުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ރައީސް މައުމޫން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެންގެވިއެވެ. މުޙައްމަދު ނަޝީދާއި ޖެނިފަރ ލަޠީފް މިނިވަންކުރުމަކީ ކޮލަމްބޯ މަޝްވަރާތަކުގެ ދެވަނަ ބުރުގައި މުޙައްމަދު ޝިހާބު ހުށަހެޅުއްވި ޚާއްޞަ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު