ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓްފާމާގެ ޕާމަސީއެއް. ފޮޓޯ: ޕީއެސްއެމް
ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓްފާމާގެ ޕާމަސީއެއް. ފޮޓޯ: ޕީއެސްއެމް
މާލެއިން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސްޓޭޓްފާމާއިން ދޮގުކޮށްފިއެވެ.

ސްޓޭޓްފާމާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހަގީގަތާ ހިލާފު ޚަބަރުތަކެއް ފެތުރެމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، ސްޓޭޓްފާމާގެ މައި ސްޓޮކްގައާއި، އެ ކުންފުނީގެ އެކި ބޭސްފިހާރަތަކުން ފޯލިކް އެސިޑް މިހާރުވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި ރާއްޖެއިން މި ބޭސް އެއްގޮތަކަށްވެސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އެ ކުންފުނިން ވަނީ އަރުވާފައެވެ.

އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.

މީގެއިތުރުން، އެ ކުންފުނިން ފޯރުކޮށްދޭ ބޭހާއި ގުޅޭ ގޮތުންނާއި އަދި އެހެނިހެން ޚިދުމަތްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ފުރުސަތު އަބަދުވެސް ހުޅުވިފައިވާ ކަމަށްވެސް ސްޓޭޓްފާމާއިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު