ގަވައިދާ ހިލާފަށް ހުއްދަ ނެތި ބޮޑު އަގުގައި ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހޮޓްލައިންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުއްދަ ނެތި ބޮޑު އަގުގައި ބޭރު ފައިސާ ވިއްކާކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ އެވެ.
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ބުންޏެވެ.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރައްވަމުން ގެންދިއުމަށް ދަންނަވަމެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެއެވެ." ފުލުހުން އިތުރަށް ބުންޏެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ކުށެކެވެ.
ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވިކަމަށް ކަނޑައަޅައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުންދާ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޖޫރިމަނާކޮށް އެ ކުންފުނީގެ ލައިސަންސް އެމްއެމްއޭއިން މި ހަފްތާ ވަނީ ބާތިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު