އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި "ޑެތު"
އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި "ޑެތު"
އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި އިތުރު މީހެއްގެ މައްސަލަވެސް ފުލުހުން ބަލަން ފަށައިފިއެވެ.

"ޑެތު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އަލީ ޖުމާން، އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލީ ރަސްމާލެ 99 އަހަރަށް ކުއްޔަށް ދޭން ގޮވާލި މައްސަލައިގައެވެ.

ފުލުހުން މިރޭ ބުނީ އޭނާގެ މައްސަލަ ސަމާލަުކަމަށް އައުމާއެކު ބަލަން ފަށާފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކުރިއިރު ސުޕްރީމް ކޯޓާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ގޮވާލައި ފޭސްބުކުގައި ޕޯސްޓުކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ މައްސަލަ ބަލަން ފަށައި އެނާ ވަނީ ހައްޔަރުކޮށްފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ހުޅުޖަހަން ގޮވާލުމާއި ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު